ޙަދީޘް 10: إنَّ اللهَ طَيِّبٌ لَا يَقْبَلُ إلَّا...

عَنْ أَبِي هُرَيْرَةَ  قَالَ: قَالَ رَسُولُ اللهِ ﷺ «إنَّ اللهَ طَيِّبٌ لَا يَقْبَلُ إلَّا طَيِّبًا، وَإِنَّ اللهَ أَمَرَ الْمُؤْمِنِينَ بِمَا أَمَرَ بِهِ الْمُرْسَلِينَ، فَقَالَ تَعَالَى: يَٰٓأَيُّهَا ٱلرُّسُلُ كُلُواْ مِنَ ٱلطَّيِّبَٰتِ وَٱعۡمَلُواْ صَٰلِحًاۖ [إِنِّي بِمَا تَعۡمَلُونَ عَلِيمٞ]، وَقَالَ تَعَالَى: يَا أَيُّهَا الَّذِينَ آمَنُوا كُلُوا مِنْ طَيِّبَاتِ مَا رَزَقْنَاكُمْ

ثُمَّ ذَكَرَ الرَّجُلَ، يُطِيلُ السَّفَرَ، أَشْعَثَ، أَغْبَرَ، يَمُدُّ يَدَيْهِ إلَى السَّمَاءِ: يَا رَبِّ! يَا رَبِّ! وَمَطْعَمُهُ حَرَامٌ، وَمَشْرَبُهُ حَرَامٌ، وَمَلْبَسُهُ حَرَامٌ، وَغُذِيَ بِالْحَرَامِ، فَأَنَّى يُسْتَجَابُ لَهُ؟»

رَوَاهُ مُسْلِمٌ


އަބޫހުރައިރާ  ގެ އަރިހުން ރިވާވެގެން ވެއެވެ. ރަސޫލު ﷲ ﷺ ޙަދީޘްކުރެއްވިއެވެ. ”އޭ މީސްތަކުންނޭވެ! ﷲ ތަޢާލާ ހެޔޮވެގެންވެއެވެ. އަދި ހެޔޮ އެއްޗެއް މެނުވީ އެކަލާނގެ ޤަބޫލުނުކުރައްވަތެވެ. އަދި އެކަލާނގެ މުއުމިނުތަކުންނަށް އަމުރުކުރައްވަނީ އެކަލާނގެ ރަސޫލުން­ނަށް ­ވެސް އަމުރު­ކުރެއްވި ފަދައިންނެވެ. ފަހެ اللهُ تَعَالَىٰ ވަޙީ­ކުރެއްވިއެވެ. يَٰٓأَيُّهَا ٱلرُّسُلُ كُلُواْ مِنَ ٱلطَّيِّبَٰتِ وَٱعۡمَلُواْ صَٰلِحًاۖ [إِنِّي بِمَا تَعۡمَلُونَ عَلِيمٞ]1 (މާނައީ: “(އެކަލާނގެ ވަޙީކުރެއްވިއެވެ.) އޭ ރަސޫލުންނޭވެ! ޙަލާލު ރަނގަޅު ތަކެތިން ތިޔަބޭކަލުން ފަރިއްކުޅުއްވައި އުޅުއްވާށެވެ! އަދި ޞާލިޙު ޢަމަލު ކުރައްވާށެވެ! [ހަމަ­ކަށަވަރުން، ތިމަން ﷲ އީ، ތިޔަބޭކަލުން ކުރައްވާ ޢަމަލުތައް މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.]“) އަދި ވެސް اللهُ تَعَالَىٰ ވަޙީކުރެއްވިއެވެ. يَا أَيُّهَا الَّذِينَ آمَنُوا كُلُوا مِنْ طَيِّبَاتِ مَا رَزَقْنَاكُمْ2 (މާނައީ: ”އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިމަން ﷲ ތިޔަބައިމީހުންނަށް ދެއްވި ރަނގަޅު ތަކެތިން ތިޔަބައިމީހުން ކައިއުޅޭށެވެ!“)

ދެން، އެ މީހެއްގެ ދަތުރު ދިގުވެ، ބޯ ހިރަފުސްވެ ގައި ކިލާވެފައި ވާ ޙާލު، ދެ އަތް އުޑަށް އުފުލައި، يَا رَبِّ يَا رَبِّ ކިޔައި ދުޢާކުރާ މީހެއްގެ ވާހަކަ ޛިކުރުކުރެއްވިއެވެ. އޭނާ ކާތަކެއްޗަކީ ޙަރާމް ތަކެއްްޗެވެ. ބޯ ބުއިމަކީ ޙަރާމް ބުއިމެވެ. ލަނީ ޙަރާމް ފޭރާމެވެ. އޭނާއަށް ކާނާލިބިފައި ވަނީ ޙަރާމް ތަކެތިންނެވެ. ފަހެ އޭނާގެ ދުޢާ އިޖާބަވާނީ ކިހިނަކުން ހެއްޔެވެ؟

ރިވާކުރެއްވީ މުސްލިމް.


  1. [الْمُؤْمِنُونَ: 51] ↩︎

  2. [الْبَقَرَةِ: 172] ↩︎