ޙަދީޘް 8: أُمِرْتُ أَنْ أُقَاتِلَ النَّاسَ...

عَنْ ابْنِ عُمَرَ ، أَنَّ رَسُولَ اللهِ ﷺ قَالَ: «أُمِرْتُ أَنْ أُقَاتِلَ النَّاسَ حَتَّى يَشْهَدُوا أَن لَّا إلَهَ إلَّا اللهُ وَأَنَّ مُحَمَّدًا رَسُولُ اللهِ، وَيُقِيمُوا الصَّلَاةَ، وَيُؤْتُوا الزَّكَاةَ؛ فَإِذَا فَعَلُوا ذَلِكَ عَصَمُوا مِنِّي دِمَاءَهُمْ وَأَمْوَالَهُمْ إلَّا بِحَقِّ الْإِسْلَامِ، وَحِسَابُهُمْ عَلَى اللهِ تَعَالَى».

رَوَاهُ الْبُخَارِيُّ، وَمُسْلِمٌ


رَسُولُ اللهِ ﷺ ޙަދީޘްކުރެއްވި ކަމަށް އިބްނު ޢުމަރު  ރިވާކުރެއްވިއެވެ: ”މީސްތަކުން، ﷲ މެނުވީ ޙައްޤު އިލާހަކު ނުވާ ކަމަށާއި މުޙައްމަދުގެފާނީ އެ އިލާހުގެ ރަސޫލާކަމަށް ހެކިވެ، ނަމާދު ޤާއިމްކޮށް، ޒަކާތް ދީފުމަށްދާންދެން މީސްތަކުންނާ ހަނގުރާމަ ކުރުމަށް ތިމަންކަލޭގެފާނަށް ވަނީ އަމުރުވެވިގެންނެވެ. ފަހެ އެ މީހުން އެ ކަންކަން ކޮށްފި ނަމަ އެމީހުންގެ ލެޔާއި، އެމީހުންގެ މުދާތައް ތިމަންކަލޭގެފާނުގެ ކިބައިން ރައްކާތެރި ކޮށްފިއެވެ. އިސްލާމްދީނުގެ ޙައްޤުގައި މެނުވީއެވެ. އަދި އެމީހުންގެ ޙިސާބުބެއްލެވުން ވަނީ اللهُ تَعَالَىٰ އަށެވެ.“

ރިވާކުރެއްވީ ބުޚާރީއާއި މުސްލިމެވެ.