ޙަދީޘް 12: مِنْ حُسْنِ إسْلَامِ الْمَرْءِ...

عَنْ أَبِي هُرَيْرَةَ  قَالَ: قَالَ رَسُولُ اللهِ ﷺ: «مِنْ حُسْنِ إسْلَامِ الْمَرْءِ: تَرْكُهُ مَا لَا يَعْنِيهِ».

حديث حسن، رواه الترمذي وغيره وهكذا.


އަބުހުރައިރާ  ގެ އަރިހުން ރިވާވެގެން ވެއެވެ. رَسُولُ اللهِ ﷺ ޙަދީޘްކުރެއްވިއެވެ. ”މީހެއްގެ އިސްލާމްކަމުގެ ރިވެތިކަމުގެ ތެރޭގައި، އޭނާޔާ ނުބެހޭ ކަންކަން އޭނާ ދޫކޮށްލުން ހިމެނެއެވެ.“

މިއީ ޙަސަނު ޙަދީޘެކެވެ. ރިވާކުރެއްވީ ތިރްމިޛީއާއި އަދިވެސް އެހެން ބޭކަލުން، މިގޮތަށެވެ.