ޙަދީޘް 25: بِكُلِّ تَسْبِيحَةٍ صَدَقَةً

عَنْ أَبِي ذَرٍّ  أَيْضًا، «أَنَّ نَاسًا مِنْ أَصْحَابِ رَسُولِ اللهِ ﷺ قَالُوا لِلنَّبِيِّ ﷺ يَا رَسُولَ اللهِ ذَهَبَ أَهْلُ الدُّثُورِ بِالْأُجُورِ؛ يُصَلُّونَ كَمَا نُصَلِّي، وَيَصُومُونَ كَمَا نَصُومُ، وَيَتَصَدَّقُونَ بِفُضُولِ أَمْوَالِهِمْ. قَالَ: أَوَلَيْسَ قَدْ جَعَلَ اللهُ لَكُمْ مَا تَصَّدَّقُونَ؟ إنَّ بِكُلِّ تَسْبِيحَةٍ صَدَقَةً، وَكُلِّ تَكْبِيرَةٍ صَدَقَةً، وَكُلِّ تَحْمِيدَةٍ صَدَقَةً، وَكُلِّ تَهْلِيلَةٍ صَدَقَةً، وَأَمْرٌ بِمَعْرُوفٍ صَدَقَةٌ، وَنَهْيٌ عَنْ مُنْكَرٍ صَدَقَةٌ، وَفِي بُضْعِ أَحَدِكُمْ صَدَقَةٌ. قَالُوا: يَا رَسُولَ اللهِ أَيَأْتِي أَحَدُنَا شَهْوَتَهُ وَيَكُونُ لَهُ فِيهَا أَجْرٌ؟ قَالَ: أَرَأَيْتُمْ لَوْ وَضَعَهَا فِي حَرَامٍ أَكَانَ عَلَيْهِ وِزْرٌ؟ فَكَذَلِكَ إذَا وَضَعَهَا فِي الْحَلَالِ، كَانَ لَهُ أَجْرٌ».

رَوَاهُ مُسْلِمٌ.


އަދިވެސް އަބޫ ޛައްރު  ގެ އަރިހުން ރިވާވެގެން ވެއެވެ. ރަސޫލު ﷲ ﷺ ގެ އަޞްޙާބުން ކުރެ ބަޔަކު ނަބިއްޔާ ﷺ އަރިހު ދެންނެވިއެވެ. އޭ ﷲ ގެ ރަސޫލާއެވެ. ”މުދާވެރިން ހުރިހައި އަޖުރަކާއިގެން ހިނގައްޖެއެވެ. އަހަރެމެން ނަމާދުކުރާ ފަދައިން އެމީހުން ނަމާދު ކުރެއެވެ. އަހަރެމެން ރޯދަ ހިފާ ފަދައަކުން އެމީހުން ވެސް ރޯދަހިފައެވެ. ދެން އޭގެ އިތުރަށް އެމީހުން އަތުގައި ހުރި މުދާތަކުން އެމީހުން ޞަދަޤާތްކުރެއެވެ.“

ޙަދީޘްކުރެއްވިއެވެ. ”ތިޔަބައިމީހުން ޞަދަޤާތް ކުރާނޭ ގޮތެއް ﷲ ތިޔަބައިމީހުންނަށް ނުލައްވާ ހެއްޔެވެ؟ ކިޔާ ކޮންމެ ތަކްބީރެއްގައި (އެބަހީ: الله أكبر ކިޔާ ކިޔުމުގައި) ޞަދަޤާތެކެވެ. ކޮންމެ ތަޙްމީދަކާ އެކު (އެބަހީ: الحمد لله ކިޔާ ކިޔުމުގައި) ޞަދަޤާތެކެވެ. އަދި ކޮންމެ ތަހްލީލަކާ އެކު (އެބަހީ: لا إله إلّا الله ކިޔާ ކިޔުމުގައި) ޞަދަޤާތެކެވެ. އަދި ހެޔޮ ކަމަކަށް އަމުރުކުރުމީ ޞަދަޤާތެކެވެ. ނުބައިކަމެއް ހުއްޓުވައި މަނާކުރުމީ ޞަދަޤާތެކެވެ. އަދި ތިޔަބައިމީހުން ކުރެ މީހަކު (އޭނާގެ އަނބިމީހާއާ އެކު) ޖިމާޢު ވުމުގައި ވެސް ޞަދަޤާތެއް ވެއެވެ.“ (ޞަޙާބީން) ދެންނެވިއެވެ. ”އޭ ﷲގެ ރަސޫލާއެވެ. ތިމަންމެން ކުރެ މީހަކު ޝަހުވަތް ފުއްދުމުން އެކަމުގައިވެސް އޭނާއަށް އަޖުރު ވޭ ތޯއެވެ؟“ ޙަދީޘްކުރެއްވިއެވެ. ”އޭނާ އެކަން ޙަރާމް ގޮތަކުން ފުއްދައިފިނަމަ އެކަމުގައި އޭނާއަށް ފާފައެއް ނުވޭހެއްޔެވެ؟ ހަމަ އެފަދައިން ޙަލާލު ގޮތުގައި އެކަން ފުއްދައިފިނަމަ އޭނާއަށް އޭގެ އަޖުރު ވެސް ވެއެވެ.“

ރިވާކުރެއްވީ މުސްލިމް.