ޙަދީޘް 41: لَا يُؤْمِنُ أَحَدُكُمْ حَتَّى...

عَنْ أَبِي مُحَمَّدٍ عَبْدِ اللهِ بْنِ عَمْرِو بْنِ الْعَاصِ ، قَالَ: قَالَ رَسُولُ اللهِ ﷺ: «لَا يُؤْمِنُ أَحَدُكُمْ حَتَّى يَكُونَ هَوَاهُ تَبَعًا لِمَا جِئْتُ بِهِ».

حَدِيثٌ حَسَنٌ صَحِيحٌ، رَوَيْنَاهُ فِي كِتَابِ «الْحُجَّةِ» بِإِسْنَادٍ صَحِيحٍ.


އަބޫ މުޙައްމަދު، ޢަބްދު ﷲ ބިން ޢަމްރި ބިން އަލްޢާޞްގެ  ގެ އަރިހުން ރިވާވެގެން ވެއެވެ. رَسُولُ اللهِ ﷺ ޙަދީޘްކުރެއްވިއެވެ. ”ތިމާގެ ހަވާނަފްސު ވެސް ތިމަންކަލޭގެފާނު ގެންނެވި އެއްޗަކާ (އެބަހީ: މި ދީނާ) ތަބާވެގެންވާ ކަމުގައި ވެއްޖައުމަށް ދާންދެން ތިޔަބައިމީހުންކުރެ އެކަކުވެސް އީމާންވީކަމުގައި ނުވެއެވެ.“

މިއީ ޙަސަން ޞަޙީޙު ޙަދީޘެކެވެ. އަލްޙުއްޖަތޭ ކިޔުނު ފޮތުން އަހުރެން ވާނީ މި ޙަދީޘް ޞައްޙަ ސަނަދަކުން ރިވާކޮށްފައެވެ.1


  1. އެއީ އަބުލްފަތްޙު ނަޞްރު ބިން އިބްރާހީމް އަލްމަޤްދިސީ އައްޝާފިޢީގެ ”އަލްޙުއްޖަތު ޢަލާ ތާރިކިލް މަޙާއްޖާ“ ކިޔުނު ފޮތެވެ. (ބައްލަވާ: ޖާމިޢުލް ޢުލޫމި ވަލްޙިކަމް) ↩︎