ޙަދީޘް 15: فَلْيَقُلْ خَيْرًا أَوْ لِيَصْمُتْ

عَنْ أَبِي هُرَيْرَةَ  أَنَّ رَسُولَ اللهِ ﷺ قَالَ: «مَنْ كَانَ يُؤْمِنُ بِاللهِ وَالْيَوْمِ الْآخِرِ فَلْيَقُلْ خَيْرًا أَوْ لِيَصْمُتْ، وَمَنْ كَانَ يُؤْمِنُ بِاللهِ وَالْيَوْمِ الْآخِرِ فَلْيُكْرِمْ جَارَهُ، وَمَنْ كَانَ يُؤْمِنُ بِاللهِ وَالْيَوْمِ الْآخِرِ فَلْيُكْرِمْ ضَيْفَهُ».

رَوَاهُ الْبُخَارِيُّ، وَمُسْلِمٌ


އަބޫހުރައިރާ  ރިވާކުރައްވައެވެ. رَسُولُ اللهِ ﷺ ޙަދީޘްކުރެއްވިއެވެ. ”މާތް ﷲ އަށާއި އާޚިރަތް­ދުވަހަށް އީމާންވާ މީހާ، ފަހެ އޭނާ ހެޔޮބަސް ބުނާހުށިކަމެވެ. ނޫންނަމަ ހަނުހުންނަ ހުށިކަމެވެ. އަދި ﷲ އަށާއި އާޚިރަތް­ދުވަހަށް އީމާންވާ މީހާ އޭނާގެ އަވަށްޓެރިޔާއަށް ހެޔޮކޮށް ހިތާހުށިކަމެވެ. ﷲ އަށާއި އާޚިރަތް­ދުވަހަށް އީމާންވާ މީހާ އޭނާގެ މެހެމާނާއަށް ހެޔޮކޮށް ހިތާހުށިކަމެވެ.“

ރިވާކުރެއްވީ ބުޚާރީއާއި މުސްލިމް.