ޙަދީޘް 11: دَعْ مَا يُرِيبُك

عَنْ أَبِي مُحَمَّدٍ الْحَسَنِ بْنِ عَلِيِّ بْنِ أَبِي طَالِبٍ سِبْطِ رَسُولِ اللهِ ﷺ وَرَيْحَانَتِهِ ، قَالَ: حَفِظْت مِنْ رَسُولِ اللهِ ﷺ: «دَعْ مَا يُرِيبُك إلَى مَا لَا يُرِيبُك».

رَوَاهُ التِّرْمِذِيُّ، وَالنَّسَائِيّ. وَقَالَ التِّرْمِذِيُّ: حَدِيثٌ حَسَنٌ صَحِيحٌ.


رَسُولُ اللهِ ﷺ ގެ ކާފަދަރިކަލުން، އަދި އެކަލާގެފާނުގެ ރައިޙާނާ،1 އަބޫ މުޙައްމަދު އަލްޙަސަން ބިން ޢަލީ ބިން އަބީޠާލިބު  ގެ އަރިހުން، އެކަލޭގެފާނު ވިދާޅުވިކަމަށް ރިވާ­ވެގެން ވެއެވެ. ތިމަންކަލޭގެފާނު رَسُولُ اللهِ ﷺ ގެ އަރިހުން މި ބަސްފުޅުތައް ދަސް­ކުރީމެވެ. ”ތިބާއަށް ޝައްކު އުފެދޭ ކަން ދޫކޮށް ޝައްކެއް ނެތް ކަމުގައި ހިފާށެވެ.“

ރިވާކުރެއްވީ އައްތިރްމިޛީ އާއި އައްނަސާއީއެވެ. އަދި އައްތިރްމިޛީ ވިދާޅުވިއެވެ. މިއީ ޙަސަނު ޞަޙީޙު ޙަދީޘެކެވެ.


  1. އެއީ ވަސްމީރު މަލެކެވެ. އެއީ ގަނދަކޯޅި ކަމަށް ބައެއް ބޭފުޅުން ވިދާޅުވެފައި ވެއެވެ.

    [ނޯޓު] އަލްއިމާމުލް ބުޚާރީ  ރިވާކުރެއްވިއެވެ. އިޙްރާމް ބަނދެގެން ހުންނަ މީހާ، މެހި މެރުމާމެދު (ބައެއް ރިވާ­ޔަތް­ތަކުގައި، މަދިރީގެ ލޭ ހެދުމުގައި ޖެހުމާމެދު) އިބްނު ޢުމަރާ ސުވާލުދަންނަވަން ޢިރާޤުގެ ބަޔަކު އައެވެ. އިބްނު ޢުމަރު  ވިދާޅުވިއެވެ. ޢިރާޤު މީހުން، ރަސޫލު ﷲ ﷺ ގެ ކާފަދަރިކަލުން ޤަތުލުކޮށްފައި އައިސް އެ ސުވާލު­ކުރަނީ މެއްސަކާމެދު ހެއްޔެވެ؟ ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ. «هُمَا رَيْحَانَتَايَ مِنَ الدُّنْيَا» މާނައީ: އެ ދެދަރީންނީ މި ދުނިޔޭގައި ތިމަންކަލޭގެފާނުގެ ދެ ރައިޙާނާއެވެ. [ބައްލަވާ: ޞަޙީޙުލް ބުޚާރީ، ނަންބަރު 3753] ↩︎