ޙަދީޘް 20: إذَا لَمْ تَسْتَحِ فَاصْنَعْ مَا شِئْت

عَنْ أَبِي مَسْعُودٍ عُقْبَةَ بْنِ عَمْرٍو الْأَنْصَارِيِّ الْبَدْرِيِّ  قَالَ: قَالَ رَسُولُ اللهِ ﷺ: «إنَّ مِمَّا أَدْرَكَ النَّاسُ مِنْ كَلَامِ النُّبُوَّةِ الْأُولَى: إذَا لَمْ تَسْتَحِ فَاصْنَعْ مَا شِئْت».

رَوَاهُ الْبُخَارِيُّ.


އަބޫ މަސްޢޫދު ޢުޤްބަތު ބިން ޢަމްރު އަލްއަންޞާރީ އަލްބަދްރީ  ވިދާޅުވި ކަމަށް ރިވާވެގެން ވެއެވެ. رَسُولُ اللهِ ﷺ ޙަދީޘްކުރެއްވިއެވެ. ”ކުރީގެ ނަބީކަމުގެ ބަސްފުޅުތަކުން މީސްތަކުންނާ ހަމައަށް ފޯރާފައި ވާ ބަސްފުޅުތަކުގެ ތެރޭގައި ހިމެނެއެވެ: ތިބާ ލަދުނުގަންނަ ނަމަ ތިބާ އެދޭކަމެއް ކުރާށެވެ.“

ރިވާކުރެއްވީ ބުޚާރީ.