ޙަދީޘް 18: اتَّقِ اللهَ حَيْثُمَا كُنْت

عَنْ أَبِي ذَرٍّ جُنْدَبِ بْنِ جُنَادَةَ، وَأَبِي عَبْدِ الرَّحْمَنِ مُعَاذِ بْنِ جَبَلٍ ، عَنْ رَسُولِ اللهِ ﷺ قَالَ: «اتَّقِ اللهَ حَيْثُمَا كُنْت، وَأَتْبِعِ السَّيِّئَةَ الْحَسَنَةَ تَمْحُهَا، وَخَالِقِ النَّاسَ بِخُلُقٍ حَسَنٍ».

رَوَاهُ التِّرْمِذِيُّ وَقَالَ: حَدِيثٌ حَسَنٌ، وَفِي بَعْضِ النُّسَخِ: حَسَنٌ صَحِيحٌ.


އަބޫ ޛައްރު ޖުންދަބް ބިން ޖުނާދާއާއި، އަބޫ އަބްދިއްރަޙްމާން މުޢާޛް ބިން ޖަބަލް، މި ދެ ބޭކަލުން –– ގެ އަރިހުން ރިވާވެގެން ވެއެވެ. ރަސޫލު ﷲ ﷺ ޙަދީޘްކުރެއްވިއެވެ. ”ތިބާ ވީ ކޮންމެ ތާކުމެ ﷲ އަށް ބިރުވެރިވެ ތަޤުވާވެރިވާށެވެ. އަދި ފާފައަކަށްފަހު އެ ފޮހެލާނޭ ހެޔޮކަމެއް ކަމެއް ގެނެސްގަންނާށެވެ. އަދި ރިވެތި ޚުލުޤުން މީސްތަކުންނާ މުޢާމަލާތު­ކުރާށެވެ.“

ރިވާކުރެއްވީ ތިރްމިޛީއެވެ. އަދި ވިދާޅުވިއެވެ. މިއީ ޙަސަނު ޙަދީޘެކެވެ. ފޮތުގެ ބައެއް ނުސްޚާތަކުގައި ވަނީ: ޙަސަނު ޞަޙީޙު ޙަދީޘެކެވެ.