ޙަދީޘް 28: أُوصِيكُمْ بِتَقْوَى اللهِ...

عَنْ أَبِي نَجِيحٍ الْعِرْبَاضِ بْنِ سَارِيَةَ  قَالَ: «وَعَظَنَا رَسُولُ اللهِ ﷺ مَوْعِظَةً وَجِلَتْ مِنْهَا الْقُلُوبُ، وَذَرَفَتْ مِنْهَا الْعُيُونُ، فَقُلْنَا: يَا رَسُولَ اللهِ! كَأَنَّهَا مَوْعِظَةُ مُوَدِّعٍ فَأَوْصِنَا، قَالَ: أُوصِيكُمْ بِتَقْوَى اللهِ، وَالسَّمْعِ وَالطَّاعَةِ وَإِنْ تَأَمَّرَ عَلَيْكُمْ عَبْدٌ، فَإِنَّهُ مَنْ يَعِشْ مِنْكُمْ فَسَيَرَى اخْتِلَافًا كَثِيرًا، فَعَلَيْكُمْ بِسُنَّتِي وَسُنَّةِ الْخُلَفَاءِ الرَّاشِدِينَ الْمَهْدِيينَ، عَضُّوا عَلَيْهَا بِالنَّوَاجِذِ، وَإِيَّاكُمْ وَمُحْدَثَاتِ الْأُمُورِ؛ فَإِنَّ كُلَّ بِدْعَةٍ ضَلَالَةٌ».

رَوَاهُ أَبُو دَاوُدَ، وَالتِّرْمِذِيُّ وَقَالَ: حَدِيثٌ حَسَنٌ صَحِيحٌ.

އަބޫ ނަޖީޙް އަލްޢިރްބާޟު ބިން ސާރިޔާ  ވިދާޅުވިއެވެ. އޭގެ ސަބަބުން ހިތްތައް ތެޅިގެންދިޔަ، އަދި ލޯތަކުން ކަރުނަ އޮހޮރިގެންދިޔަ ޥަޢުޡަކުން ރަސޫލު ﷲ ﷺ ތިމަންމެންނަށް ޥަޢުޡު­ވިދާޅުވިއެވެ. ތިމަންމެން ދެންނެވީމެވެ. ”އޭ ﷲގެ ރަސޫލާއެވެ. ތިޔަ ހީވަނީ އަލްވަދާޢުކިޔާ މީހެެއްގެ ވަޢުޡުހެންނެވެ. ފަހެ ތިމަންމެންނަށް ވަޞިއްޔަތެއް ­ކުރައްވާށެވެ.“

ޙަދީޘްކުރެއްވިއެވެ. ”ﷲ އަށް ތަޤުވާވެރިވުމަށް ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް ވަޞިއްޔަތް­ކުރައްވަމެވެ. އަދި ތިޔަބައިމީހުންގެ މައްޗަށް އަޅަކު ވެރިއަކަށް އިސްވީ ކަމުގައި ވިޔަސް އޭނާގެ އަޑުއަހައި ކިޔަމަންވުމަށް ވަޞިއްޔަތް­ކުރައްވަމެވެ. ފަހެ ތިޔަބައިމީހުން ކުރެ ދުނިޔޭގައި ދިރިހުރެއްޖެ މީހަކަށް ގިނަގުނަ އިޚްތިލާފުތަކެއް ފެންނާނެއެވެ. ތިޔަބައިމީހުންނަށް އޮތީ ތިމަންކަލޭގެފާނުގެ ސުންނަތަށާއި، ހިދާޔަތު ލިބިގެންވާ ޚުލަފާއުއްރާޝިދޫންގެ (ހަތަރު ޚަލީފާއިންގެ) ސުންނަތަށް ތަބާވުމެވެ. ފަހެ އެ ސުންނަތުގައި ތިބާގެ ކޮލުދަތްތަކުން ދަތްއަޅައި ގަދައަށް ހިފަހައްޓާށެވެ. އަދި ދީނުގެ ތެރެއަށް އަަލަށް ގެނެވޭ ކަންކަމާމެދު ރައްކާތެރިވެ ތިބޭށެވެ. އެހެނީ ކޮންމެ ބިދުޢައަކީ މަގުފުރެދުމެކެވެ.“

ރިވާކުރެއްވީ އަބޫދާޥޫދާއި އައްތިޜްމިޛީއެވެ. (ތިރްމިޛީ) ވިދާޅުވިއެވެ. މިއީ ޙަސަން ޞަޙީޙު ޙަދީޘެކެވެ.