ޙަދީޘް 9: مَا نَهَيْتُكُمْ عَنْهُ فَاجْتَنِبُوهُ...

عَنْ أَبِي هُرَيْرَةَ عَبْدِ الرَّحْمَنِ بْنِ صَخْرٍ  قَالَ: سَمِعْتُ رَسُولَ اللهِ ﷺ يَقُولُ: «مَا نَهَيْتُكُمْ عَنْهُ فَاجْتَنِبُوهُ، وَمَا أَمَرْتُكُمْ بِهِ فَأْتُوا مِنْهُ مَا اسْتَطَعْتُمْ، فَإِنَّمَا أَهْلَكَ الَّذِينَ مِنْ قَبْلِكُمْ كَثْرَةُ مَسَائِلِهِمْ وَاخْتِلَافُهُمْ عَلَى أَنْبِيَائِهِمْ».

رَوَاهُ الْبُخَارِيُّ، وَمُسْلِمٌ


އަބޫހުރައިރާ ޢަބްދުއްރަޙްމާން ބިން ސަޚްރު  ގެ އަރިހުން ރިވާވެގެން ވެއެވެ. رسول الله ﷺ ޙަދީޘް­­ކުރައްވަނިކޮށް ތިމަން އަޑުއެއްސެވީމެވެ: ”ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް ނަހީ­ކުރެއްވި­ހައި ކަމަކުން ތިޔަބައިމީހުން ދުރުވެގަންނާށެވެ. އަދި ތިމަންކަލޭގެފާނު ތިޔަބައި­މީހުންނަށް އަމުރުކުރެއްވި ކަންތައް ތިޔަބައިމީހުންނަށް ކުޅަދާނަވީ ވަރަކުން ކުރާށެވެ. ފަހެ ތިޔަބައިމީހުންގެ ކުރީގެ އުންމަތްތައް ހަލާކުކުރުވީ އެއުރެންގެ ސުވާލު ގިނަކަމާއި، ނަބީބޭކަލުންނާ އަރައިރުންވުން ގިނަކަމެވެ.“

ރިވާކުރެއްވީ ބުޚާރީއާއި މުސްލިމް