ޙަދީޘް 47: ما مَلَأَ آدَمِيٌّ وِعَاءً شَرًّا

عن المقدام بن معديكرب قال: سمعت رسول الله ﷺ يقول: «ما مَلَأَ آدَمِيٌّ وِعَاءً شَرًّا مِن بَطْنِهِ، بحسب ابن آدم أكلات يقمن صلبه، فإن كان لا محالة، فثلث لطعامه، وثلث لشرابه، وثلث لنفسه».

رواه أحمد، والترمذي، وابن ماجه، وقال الترمذي حديث حسن.


އަލްމިޤްދާމް ބިން މަޢްދީކަރިބް  ވިދާޅުވިއެވެ. ﷲ ގެ ރަސޫލާ ﷺ ޙަދީޘް ކުރައްވަނިކޮށް ތިމަންކަލޭގެފާނު އަޑުފުޅުއެއްސެވީމެވެ. “އާދަމުގެ ދަރިޔާ އޭނާގެ ބަނޑަށްވުރެ ނުބައި ކަންވާރެއް ނުފުރައެވެ. އާދަމުގެ ދަރިޔާއަށް އޭނާގެ ބުރަކަށި ކޮޅަށް ބެހެއްޓޭ ވަރު ފުދެއެވެ. އެއަށް ވުރެ ގިނައިން ކާންވެއްޖެނަމަ، ކެއުމަށް ތިންބައިކުޅަ އެއްބައެވެ. އަދި އޭނާގެ ބުއިމަށް އެއްބައެވެ. އަދި އޭނާ ނޭވާލުމަށް އެއްބައެވެ.

ޙަދީޘް ރިވާކުރެއްވީ އަޙްމަދާއި، ތިރްމިޛީއާއި، އިބްނު މާޖާއެވެ. އަދި ތިރްމިޛީ ވިދާޅުވި­އެވެ. މިއީ ޙަސަނު ޙަދީޘެކެވެ.