عَنْ أَبِي مُحَمَّدٍ الْحَسَنِ بْنِ عَلِيِّ بْنِ أَبِي طَالِبٍ سِبْطِ رَسُولِ اللهِ ﷺ وَرَيْحَانَتِهِ ، قَالَ: حَفِظْت مِنْ رَسُولِ اللهِ ﷺ: «دَعْ مَا يُرِيبُك إلَى مَا لَا يُرِيبُك».
رَوَاهُ التِّرْمِذِيُّ، وَالنَّسَائِيّ. وَقَالَ التِّرْمِذِيُّ: حَدِيثٌ حَسَنٌ صَحِيحٌ.
رَسُولُ اللهِ ﷺ ގެ ކާފަދަރިކަލުން، އަދި އެކަލާގެފާނުގެ ރައިޙާނާ،1 އަބޫ މުޙައްމަދު އަލްޙަސަން ބިން ޢަލީ ބިން އަބީޠާލިބު ގެ އަރިހުން، އެކަލޭގެފާނު ވިދާޅުވިކަމަށް ރިވާވެގެން ވެއެވެ. ތިމަންކަލޭގެފާނު رَسُولُ اللهِ ﷺ ގެ އަރިހުން މި ބަސްފުޅުތައް ދަސްކުރީމެވެ. ”ތިބާއަށް ޝައްކު އުފެދޭ ކަން ދޫކޮށް ޝައްކެއް ނެތް ކަމުގައި ހިފާށެވެ.“
ރިވާކުރެއްވީ އައްތިރްމިޛީ އާއި އައްނަސާއީއެވެ. އަދި އައްތިރްމިޛީ ވިދާޅުވިއެވެ. މިއީ ޙަސަނު ޞަޙީޙު ޙަދީޘެކެވެ.
-
އެއީ ވަސްމީރު މަލެކެވެ. އެއީ ގަނދަކޯޅި ކަމަށް ބައެއް ބޭފުޅުން ވިދާޅުވެފައި ވެއެވެ.
[ނޯޓު] އަލްއިމާމުލް ބުޚާރީ ރިވާކުރެއްވިއެވެ. އިޙްރާމް ބަނދެގެން ހުންނަ މީހާ، މެހި މެރުމާމެދު (ބައެއް ރިވާޔަތްތަކުގައި، މަދިރީގެ ލޭ ހެދުމުގައި ޖެހުމާމެދު) އިބްނު ޢުމަރާ ސުވާލުދަންނަވަން ޢިރާޤުގެ ބަޔަކު އައެވެ. އިބްނު ޢުމަރު ވިދާޅުވިއެވެ. ޢިރާޤު މީހުން، ރަސޫލު ﷲ ﷺ ގެ ކާފަދަރިކަލުން ޤަތުލުކޮށްފައި އައިސް އެ ސުވާލުކުރަނީ މެއްސަކާމެދު ހެއްޔެވެ؟ ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ. «هُمَا رَيْحَانَتَايَ مِنَ الدُّنْيَا» މާނައީ: އެ ދެދަރީންނީ މި ދުނިޔޭގައި ތިމަންކަލޭގެފާނުގެ ދެ ރައިޙާނާއެވެ. [ބައްލަވާ: ޞަޙީޙުލް ބުޚާރީ، ނަންބަރު 3753] ↩︎