عَنْ أَبِي هُرَيْرَةَ أَنَّ رَسُولَ اللهِ ﷺ قَالَ: «مَنْ كَانَ يُؤْمِنُ بِاللهِ وَالْيَوْمِ الْآخِرِ فَلْيَقُلْ خَيْرًا أَوْ لِيَصْمُتْ، وَمَنْ كَانَ يُؤْمِنُ بِاللهِ وَالْيَوْمِ الْآخِرِ فَلْيُكْرِمْ جَارَهُ، وَمَنْ كَانَ يُؤْمِنُ بِاللهِ وَالْيَوْمِ الْآخِرِ فَلْيُكْرِمْ ضَيْفَهُ».
رَوَاهُ الْبُخَارِيُّ، وَمُسْلِمٌ
އަބޫހުރައިރާ ރިވާކުރައްވައެވެ. رَسُولُ اللهِ ﷺ ޙަދީޘްކުރެއްވިއެވެ. ”މާތް ﷲ އަށާއި އާޚިރަތްދުވަހަށް އީމާންވާ މީހާ، ފަހެ އޭނާ ހެޔޮބަސް ބުނާހުށިކަމެވެ. ނޫންނަމަ ހަނުހުންނަ ހުށިކަމެވެ. އަދި ﷲ އަށާއި އާޚިރަތްދުވަހަށް އީމާންވާ މީހާ އޭނާގެ އަވަށްޓެރިޔާއަށް ހެޔޮކޮށް ހިތާހުށިކަމެވެ. ﷲ އަށާއި އާޚިރަތްދުވަހަށް އީމާންވާ މީހާ އޭނާގެ މެހެމާނާއަށް ހެޔޮކޮށް ހިތާހުށިކަމެވެ.“
ރިވާކުރެއްވީ ބުޚާރީއާއި މުސްލިމް.