ޙަދީޘް 17: إنَّ اللهَ كَتَبَ الْإحْسَانَ

عَنْ أَبِي يَعْلَى، شَدَّادِ بْنِ أَوْسٍ  عَنْ رَسُولِ اللهِ ﷺ قَالَ: «إنَّ اللهَ كَتَبَ الْإحْسَانَ عَلَى كُلِّ شَيْءٍ، فَإِذَا قَتَلْتُمْ فَأَحْسِنُوا الْقِتْلَةَ، وَإِذَا ذَبَحْتُمْ فَأَحْسِنُوا الذِّبْحَةَ، وَلْيُحِدَّ أَحَدُكُمْ شَفْرَتَهُ، وَلْيُرِحْ ذَبِيحَتَهُ».

رَوَاهُ مُسْلِمٌ.


رَسُولُ اللهِ ﷺ ގެ އަރިހުން އަބޫ ޔަޢްލާ ޝައްދާދު ބިން އައުސް  ރިވާކުރެއްވިއެވެ. އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ”ހަމަކަށަވަރުން ﷲ ވަނީ ކޮންމެ ކަމެއްގައި ވެސް އިޙްސާން­ތެރި­ކަން (ފަރުޟުކުރައްވައި) ލިޔުއްވާފައެވެ. ފަހެ ތިޔަބައިމީހުން ޤަތުލު­ކުރާނަމަ އިޙްސާންތެރި­ކަމާއެކު ޤަތުލުކުރާށެވެ. ފަހެ ތިޔަބައިމީހުން ޛަބަޙަކުރާނަމަ (ކަތިލާ ނަމަ) އިޙްސާން­ތެރި­ކަމާ­އެކު ހެޔޮގޮތުގައި ޛަބަޙަކުރާށެވެ. އަދި ތިޔަބައިމީހުންކުރެ މީހަކު (އެއްޗެއް ކަތިލާއިރު) އޭނާގެ ވަޅި ތޫނުކުރާހުށިކަމެވެ. އަދި ކަތިލެވޭ އެއްޗަށް ރާޙަތް ލިއްބައިދޭހުށިކަމެވެ.“

ރިވާކުރެއްވީ މުސްލިމް