عَنْ عَبْدِ اللهِ بْنِ عَبَّاسٍ قَالَ: «كُنْت خَلْفَ رَسُولِ اللهِ ﷺ يَوْمًا، فَقَالَ: يَا غُلَامِ! إنِّي أُعَلِّمُك كَلِمَاتٍ: احْفَظْ اللهَ يَحْفَظْك، احْفَظْ اللهَ تَجِدْهُ تُجَاهَك، إذَا سَأَلْت فَاسْأَلْ اللهَ، وَإِذَا اسْتَعَنْت فَاسْتَعِنْ بِاَللهِ، وَاعْلَمْ أَنَّ الْأُمَّةَ لَوْ اجْتَمَعَتْ عَلَى أَنْ يَنْفَعُوك بِشَيْءٍ لَمْ يَنْفَعُوك إلَّا بِشَيْءٍ قَدْ كَتَبَهُ اللهُ لَك، وَإِنْ اجْتَمَعُوا عَلَى أَنْ يَضُرُّوك بِشَيْءٍ لَمْ يَضُرُّوك إلَّا بِشَيْءٍ قَدْ كَتَبَهُ اللهُ عَلَيْك؛ رُفِعَتْ الْأَقْلَامُ، وَجَفَّتْ الصُّحُفُ».
رواه الترمذي وقال حديث حسن صحيح.
وفي رواية غير الترمذي «احْفَظِ اللهَ تَجِدْهُ أَمَامَكَ، تَعَرَّفْ إِلَى اللهِ فِي الرَّخَاءِ يَعْرِفْكَ فِي الشِّدَّةِ، وَاعْلَمْ أَنَّ مَا أَخْطَأَكَ لَمْ يَكُن لِيُصِيبَكَ، وَمَا أَصَابَكَ لَمْ يَكُن لِيُخْطِئَكَ، وَاعْلَمْ أَنَّ النَّصْرَ مَعَ الصَّبْرَ، وَأَنَّ الْفَرَجَ مَعَ الْكَرْبِ، وَأَنَّ مَعَ الْعُسْرِ يُسْرًا».
ޢަބްދު ﷲ ބިން ޢައްބާސް ގެ އަރިހުން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އެއްދުވަހަކު ތިމަން رَسُولُ اللهِ ﷺ ގެ ފަހަތްފުޅުގައި ވީމެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ކޮއިފުޅާއެވެ. ހަމަކަށަވަރުން ތިމަންކަލޭގެފާނު ކަލޭގެފާނަށް ކަލިމަތަކެއް އުނގަންނަވައިދެއްވާހުށީމެވެ. ﷲ އާމެދު (އެބަހީ: އެކަލާނގެ އަމުރުފުޅުތަކަށް) ތިބާ ރައްކާތެރިވާށެވެ. އޭރުން ﷲ ތިބާ ރައްކާތެރިކުރައްވާނެއެވެ. ﷲ އާ މެދު ރައްކާތެރިވާށެވެ. އޭރުން ތިބާގެ ކުރިމަތިން ތިބާއަށް އެކަލާނގެ ފެންނާނެއެވެ. (އެބަހީ: ތިބާ އެކަލާނގެ ޙަޟުރަތުން އެދެފި ކަމެއްގެ އިޖާބަ ނުހަނު އަވަހަށް ފެންނާނެއެވެ.) އަދި ތިބާ ކަމަކަށް އެދޭނަމަ ﷲ ގެ ޙަޟްރަތުގައި ދަންނަވާށެވެ. އަދި އެހީތެރިކަމާއި ވާތްގަށް އެދޭނަމަ ﷲ ގެ ވާގިފުޅަށް އެދޭށެވެ. އަދި ދަންނާށެވެ. މުޅި އުންމަތް، ތިބާއަށް އެއްވެސް މަންފާއެއް، ހެވެއް، ފޯރުކޮށްދިނުމަށް އެއްވެ އެއްބައިވީކަމުގައި ވިޔަސް، ﷲ ތިބާއަށްޓަކައި ލިޔުއްވައި މިންވަރުކުރައްވާފައިވާ ކަމެއް މެނުވީ ތިބާއަށް ފޯރުކޮށެއް ނުދެވޭނެއެވެ. އަދި ތިބާއަށް އެއްވެސް ގެއްލުމެއް ދިނުމަށް މުޅި އުންމަތް އެއްވެ އެއްބައިވީކަމުގައި ވިޔަސް، ﷲ ތިބާގެ މައްޗަށް ލިޔުއްވައި މިންވަރުކުރައްވާފައި ވާ ކަމަކުން މެނުވީ ތިބާއަށް ގެއްލުމެއް ވެސް ނުދެވޭނެއެވެ. ގަލަން ވަނީ އުފުލިފައެވެ. އަދި ފޮތްތަކުން ވަނީ ދެލި ހިކިފައެވެ.
ރިވާކުރެއްވީ އައްތިރްމިޛީއެވެ. އަދި ވިދާޅުވިއެވެ. މިއީ ޙަސަނު ޞަޙީޙު ޙަދީޘެކެވެ.
ތިރްމިޛީ ނޫން ބައެއް ބޭކަލުންގެ ރިވާރަތުގައި ވެއެވެ. “ﷲ އާމެދު ރައްކާތެރިވާށެވެ. އޭރުން ތިބާގެ ކުރިމަތިން އެކަލާނގެ ފެންނާނެއެވެ. އަދި ތަނަވަސްކަމުގައި އެކަލާނގެ ދަނެ އެކަލާނގެއާ ތަޢާރަފްވެ އުޅޭށެވެ. އޭރުން ތިބާގެ ދަތި ޙާލުގައި އެކަލާނގެ ތިބާ ދެނެވޮޑިގެންވާނެއެވެ.
އަދި ދަންނާށެވެ. ތިބާއާ ލައިގެންފި ކަމަކީ ތިބާޔާ ލައިގަންނަން (ﷲ މިންވަރު ކުރައްވާފައި) ނެތީސް ލައިގަތް ކަމެއް ނޫނެވެ. އަދި ތިބާއާ ލައިނުގަނެ ފާއިތުވެއްޖެ ކަމަކީ ތިބާއާ ލައިގަންނަން (ﷲ މިންވަރު ކުރައްވާފައި) އޮތް ކަމެއް ނޫނެވެ.1
އަދި ދަންނާށެވެ. ނަޞްރު ލިބުން ވަނީ ކެތްތެރިކަމާ އެކުގައެވެ. އަދި މޮޅިފިއްލެވުން ވަނީ މޮޅިހިތާމަޔާ އެކުގައެވެ. އަދި ކޮންމެ ދަތި އުނދަގުލަކަށް ފަހު ފަސޭހައެއް ވެއެވެ.”
-
އެބަހީ: ހެވަކަސް ނުބަޔަކަސް، ތިބާއަށް ﷲ މިންވަރު ކުރައްވާފައި ނެތް ކަމެއް ތިބާއަކާ ކުރިމައްޗެއް ނުވާނެއެވެ. ↩︎