عَنْ أَبِي مَسْعُودٍ عُقْبَةَ بْنِ عَمْرٍو الْأَنْصَارِيِّ الْبَدْرِيِّ قَالَ: قَالَ رَسُولُ اللهِ ﷺ: «إنَّ مِمَّا أَدْرَكَ النَّاسُ مِنْ كَلَامِ النُّبُوَّةِ الْأُولَى: إذَا لَمْ تَسْتَحِ فَاصْنَعْ مَا شِئْت».
رَوَاهُ الْبُخَارِيُّ.
އަބޫ މަސްޢޫދު ޢުޤްބަތު ބިން ޢަމްރު އަލްއަންޞާރީ އަލްބަދްރީ ވިދާޅުވި ކަމަށް ރިވާވެގެން ވެއެވެ. رَسُولُ اللهِ ﷺ ޙަދީޘްކުރެއްވިއެވެ. ”ކުރީގެ ނަބީކަމުގެ ބަސްފުޅުތަކުން މީސްތަކުންނާ ހަމައަށް ފޯރާފައި ވާ ބަސްފުޅުތަކުގެ ތެރޭގައި ހިމެނެއެވެ: ތިބާ ލަދުނުގަންނަ ނަމަ ތިބާ އެދޭކަމެއް ކުރާށެވެ.“
ރިވާކުރެއްވީ ބުޚާރީ.