ޙަދީޘް 21: قُلْ: آمَنْت بِاللهِ ثُمَّ اسْتَقِمْ

عَنْ أَبِي عَمْرٍو –وَقِيلَ: أَبِي عَمْرَةَ– سُفْيَانَ بْنِ عَبْدِ اللهِ  قَالَ: «قُلْت: يَا رَسُولَ اللهِ! قُلْ لِي فِي الْإِسْلَامِ قَوْلًا لَا أَسْأَلُ عَنْهُ أَحَدًا غَيْرَك؛ قَالَ: قُلْ: آمَنْت بِاللهِ ثُمَّ اسْتَقِمْ».

رَوَاهُ مُسْلِمٌ.


އަބޫ ޢަމްރު –އަބޫ ޢަމްރާ ކަމަށް ވެސް ބުނެވޭ– ސުފްޔާން ބިން ޢަބްދި ﷲ  ވިދާޅުވި ކަމަށް ރިވާވެގެން ވެއެވެ. ތިމަން ދެންނެވީމެވެ. ”އޭ ﷲގެ ރަސޫލާއެވެ. އިސްލާމް­ދީނުގައި ކަލޭގެފާނަށް­ފަހު އެހެން މީހެއްގެ ގާތުން ތިމަން ސުވާލު­ކުރަން ނުޖެހޭ ބަސް­ފުޅެއް ތިމަން­ކަލޭގެފާނަށް އުނގަންނަވައި­ދެއްވާށެވެ.“ ޙަދީޘް­ކުރެއްވި­އެވެ. ”ތިމަން ﷲ އަށް އީމާން­ވެއްޖައީމުއޭ ވިދާޅުވެ ދެން ތެދުމަގުގައި ސާބިތުވެ ހުންނަވާށެވެ.“

ރިވާކުރެއްވީ މުސްލިމް.