عَنْ أَبِي عَبْدِ اللهِ جَابِرِ بْنِ عَبْدِ اللهِ الْأَنْصَارِيِّ : «أَنَّ رَجُلًا سَأَلَ رَسُولَ اللهِ ﷺ فَقَالَ: أَرَأَيْتَ إذَا صَلَّيْتُ الْمَكْتُوبَاتِ، وَصُمْتُ رَمَضَانَ، وَأَحْلَلْتُ الْحَلَالَ، وَحَرَّمْتُ الْحَرَامَ، وَلَمْ أَزِدْ عَلَى ذَلِكَ شَيْئًا؛ أَأَدْخُلُ الْجَنَّةَ؟ قَالَ: نَعَمْ».
رَوَاهُ مُسْلِمٌ.
وَمَعْنَى «وَحَرَّمْتُ الْحَرَامَ»: اِجْتَنَبْتُهُ.
وَمَعْنَى «أَحْلَلْتُ الْحَلَالَ»: فَعَلْتُهُ مُعْتَقِدًا حِلَّهُ.
އަބޫ ޢަބްދި ﷲ ޖާބިރު ބިން ޢަބްދިﷲ އަލްއަންޞާރީ ގެ އަރިހުން ރިވާވެގެން ވެއެވެ. މީހަކު ރަސޫލު ﷲ ﷺ ގެ އަރިހު ސުވާލު ދެންނެވިއެވެ. ”ތިމަން ފަރުޟު ފަސްނަމާދު ކޮށް، ރަމަޟާންމަހު ރޯދަހިފައި، ޙަލާލުކަންތައް ޙަލާލުކޮށް، ޙަރާމްކަން ޙަރާމް ކޮށް، އޭގެ އިތުރަށް އެއްވެސް ކަމެއް ނުކުރިޔަސް ތިމަން ސުވަރުގެ ވަންނާނެކަމަށް ދެކެވަޑައިގަންނަވަމު ތޯއެވެ؟“ ޙަދީޘްކުރެއްވިއެވެ. ”އާއެކެވެ.“
ރިވާކުރެއްވީ މުސްލިމް.
[ނަޥަޥީ ވިދާޅިވިއެވެ:]
«حرمت الحرام» ”ޙަރާމް ކަންތައް ޙަރާމްކުރުމޭ“ އޮތް ބަސްފުޅުގެ މާނައީ އެކަންކަމުން ދުރުވެގަތުމެވެ.1
«أحللت الحلال» ”ޙަލާލު ކަންތައް ޙަލާލުކުރުމޭ“ މި ބަސްފުޅުގެ މާނައީ އެ ކަންކަން ޙަލާލުކަމުގައި ދެކިގެން އެ ކަންކަން ކުރުމެވެ.
-
އިބްނު ޢުޘައިމީން ވިދާޅުވިއެވެ. ”މިި ތަނުގައި ޙަރާމްކަންކަން ޙަރާމްކަމުގައި ދެކިގެން އެކަންކަން ދޫކޮށްލުމެކޭ އައްނަޥަޥީ ވިދާޅެއް ނުވެއެވެ. އެހެނީ ކޮންމެ ގޮތަކުން ވިޔަސް ޙަރާމް ކަންކަން ދޫކޮށްލުމަކީ ހެވެކެވެ. އެހެނަސް އޭނާ އެކަމަކީ ޙަރާމްކަމެއް ކަމުގައި އިޢުދިޤާދުކޮށްގެން އެކަން ދޫކޮށްލައިފިނަމަ އެކަން ވާނީ އަޅުކަމަކަށެވެ. އެހެނީ އޭނާ އެކަން ދޫކޮށްލީ އެކަން ޙަރާމްކަމެއް ކަމުގައި އޭނާ އިޢުތިޤާދުކުރާތީއެވެ.“ [ބައްލަވާ: ޝައިޚް ޢުޘައިމީގެ ޝަރަޙަ] ↩︎