ޙަދީޘް 24: إنِّي حَرَّمْت الظُّلْمَ عَلَى نَفْسِي

عَنْ أَبِي ذَرٍّ الْغِفَارِيِّ  عَنْ النَّبِيِّ ﷺ فِيمَا يَرْوِيهِ عَنْ رَبِّهِ تَبَارَكَ وَتَعَالَى، أَنَّهُ قَالَ:

«يَا عِبَادِي: إنِّي حَرَّمْت الظُّلْمَ عَلَى نَفْسِي، وَجَعَلْته بَيْنَكُمْ مُحَرَّمًا؛ فَلَا تَظَالَمُوا. يَا عِبَادِي! كُلُّكُمْ ضَالٌّ إلَّا مَنْ هَدَيْته، فَاسْتَهْدُونِي أَهْدِكُمْ. يَا عِبَادِي! كُلُّكُمْ جَائِعٌ إلَّا مَنْ أَطْعَمْته، فَاسْتَطْعِمُونِي أُطْعِمْكُمْ. يَا عِبَادِي! كُلُّكُمْ عَارٍ إلَّا مَنْ كَسَوْته، فَاسْتَكْسُونِي أَكْسُكُمْ. يَا عِبَادِي! إنَّكُمْ تُخْطِئُونَ بِاللَّيْلِ وَالنَّهَارِ، وَأَنَا أَغْفِرُ الذُّنُوبَ جَمِيعًا؛ فَاسْتَغْفِرُونِي أَغْفِرْ لَكُمْ. يَا عِبَادِي! إنَّكُمْ لَنْ تَبْلُغُوا ضُرِّي فَتَضُرُّونِي، وَلَنْ تَبْلُغُوا نَفْعِي فَتَنْفَعُونِي.

يَا عِبَادِي! لَوْ أَنَّ أَوَّلَكُمْ وَآخِرَكُمْ وَإِنْسَكُمْ وَجِنَّكُمْ كَانُوا عَلَى أَتْقَى قَلْبِ رَجُلٍ وَاحِدٍ مِنْكُمْ، مَا زَادَ ذَلِكَ فِي مُلْكِي شَيْئًا. يَا عِبَادِي! لَوْ أَنَّ أَوَّلَكُمْ وَآخِرَكُمْ وَإِنْسَكُمْ وَجِنَّكُمْ كَانُوا عَلَى أَفْجَرِ قَلْبِ رَجُلٍ وَاحِدٍ مِنْكُمْ، مَا نَقَصَ ذَلِكَ مِنْ مُلْكِي شَيْئًا.

يَا عِبَادِي! لَوْ أَنَّ أَوَّلَكُمْ وَآخِرَكُمْ وَإِنْسَكُمْ وَجِنَّكُمْ قَامُوا فِي صَعِيدٍ وَاحِدٍ، فَسَأَلُونِي، فَأَعْطَيْت كُلَّ وَاحِدٍ مَسْأَلَته، مَا نَقَصَ ذَلِكَ مِمَّا عِنْدِي إلَّا كَمَا يَنْقُصُ الْمِخْيَطُ إذَا أُدْخِلَ الْبَحْرَ. يَا عِبَادِي!

إنَّمَا هِيَ أَعْمَالُكُمْ أُحْصِيهَا لَكُمْ، ثُمَّ أُوَفِّيكُمْ إيَّاهَا؛ فَمَنْ وَجَدَ خَيْرًا فَلْيَحْمَدِ اللهَ، وَمَنْ وَجَدَ غَيْرَ ذَلِكَ فَلَا يَلُومَن إلَّا نَفْسَهُ».

رَوَاهُ مُسْلِمٌ.


އަބޫ ޛައްރު އަލްޣިފާރީ  ގެ އަރިހުން ރިވާވެގެން ވެއެވެ. ނަބިއްޔާ ﷺ އެކަލޭފާނުގެ ވެރި ރައްބު––ގެ ޙަޟްރަތުން ރިވާކުރައްވައެވެ.

(ﷲ ވަޙީކުރެއްވިއެވެ.) ”އޭ ތިމަންއިލާހުގެ އަޅުތަކުންނޭވެ! ހަމަކަށަވަރުން ތިމަން ﷲ ގެ ޛާތުފުޅަށް ތިމަން ﷲ އަނިޔާވެރިކަން ޙަރާމްކުރައްވައި، ތިޔަބައިމީހުންގެ މެދުގައި ވެސް އެކަން ޙަރާމް ކަމެއް ކަމުގައި ލައްވައިފީމެވެ. ފަހެ ތިޔަބައިމީހުން އެކަކުއަނެކަށް އަނިޔާވެރި ނުވާށެވެ.

”އޭ ތިމަންއިލާހުގެ އަޅުތަކުންނޭވެ! ތިމަންއިލާހު ހިދާޔަތު ދައްކަވައިފި އަޅަކު މެނުވީ ތިޔަބައި­މީހުން އެންމެންނަކީ މަގުގެއްލިފައިވާ ބައެކެވެ. ފަހެ ތިމަންއިލާހުގެ ޙަޟްރަތުން ހިދާޔަތަށް އެދޭށެވެ. (އޭރުން) ތިމަން ﷲ ތިޔަބައިމީހުންނަށް ހިދާޔަތު ދައްކަވާ ހުށީމެވެ.

”އޭ ތިމަން ﷲ ގެ އަޅުތަކުންނޭވެ! ތިމަން ﷲ ކާންދެއްވައިފި އަޅަކު މެނުވީ ތިޔަބައިމީހުން އެންމެންނަކީ ބަނޑުހައިކަމުގައި ވާ ބައެކެވެ. ފަހެ ތިމަންއިލާހުގެ ޙަޟްރަތުން ކާންދެއްވުމަށް އެދޭށެވެ. (އޭރުން) ތިމަން ﷲ ތިޔަބައިމީހުންނަށް ކާންދެއްވާހުށީމެވެ.

”އޭ ތިމަންއިލާހުގެ އަޅުތަކުންނޭވެ! ތިމަންއިލާހު އުނުއޮރިޔާން ނިވާ­ކޮށްދެއްވައިފި އަޅަކު މެނުވީ ތިޔަ­ބައި­­މީހުން އެންމެންނަކީ އުނުއޮރިޔާން ނިވާނުވާ ބައެކެވެ. ފަހެ ތިމަންއިލާހުގެ ޙަޟްރަތުން އޮރިޔާން ނިވާކޮށްދެއްވުމަށް އެދޭށެވެ. (އޭރުން) ތިމަން ﷲ ތިޔަބައިމީހުންގެ އޮރިޔާން ނިވާކޮށްދެއްވާހުށީމެވެ.

”އޭ ތިމަންއިލާހުގެ އަޅުތަކުންނޭވެ! ހަމަކަށަވަރުން ތިޔަބައިމީހުން ރެޔާ ދުވާލު ފާފަ ކުރަމު­އެވެ. އަދި ތިމަންއިލާހު ހުރިހައި ފާފައެއް ފުއްސަވަމުއެވެ. ފަހެ ތިޔަ­ބައި­މީހުން ތިމަން­އިލާހުގެ ފާފަ­ފުއްސެވުމާއި މަޣްފިރަތަށް އެދޭށެވެ. (އޭރުން) ތިމަންއިލާހު ތިޔަބައިމީހުންގެ ފާފަތައް ފުއްސަވާ­ހުށީމެވެ.

”އޭ ތިމަންއިލާހުގެ އަޅުތަކުންނޭވެ! ތިމަންއިލާހަށް ގެއްލުމެއްދޭން އުޅެގެން ތިޔަބައި­މީހުންނަކަށް ތިމަންއިލާހަށް ގެއްލުމެއް ނުދެވޭނެއެވެ. އަދި ތިމަންއިލާހަށް މަންފާއެއް ފޯރުކުރަން އުޅެގެން މަންފާއެއް ވެސް ތިޔަބައިމީހުންނަކަށް ފޯރުކޮށެއް ނުދެވޭނެ­އެވެ.

”އޭ ތިމަންއިލާހުގެ އަޅުތަކުންނޭވެ! ތިޔަބައިމީހުންކުރެ އިސްވެދިޔަ މީހުންނާއި، ފަހަށް ތިބި މީހުންނާއި އިންސީންނާއި ޖިންނީންނާއި އެންމެން، ތިޔަބައިމީހުންކުރެ އެންމެ ތަޤުވާވެރި ހިތެއްގެ ވެރިޔާ ފަދައިން ވީނަމަ އެކަމުން ތިމަން­ރަސްކަލާނގެ ރަސްކަންފުޅަށް އެއްޗެއް އިތުރެއް ނުވާނެއެވެ.

”އޭ ތިމަންއިލާހުގެ އަޅުތަކުންނޭވެ! ތިޔަބައިމީހުންކުރެ އިސްވެދިޔަ މީހުންނާއި، ފަހަށް ތިބި މީހުންނާއި އިންސީންނާއި ޖިންނީންނާއި އެންމެން، ތިޔަބައިމީހުންކުރެ އެންމެ ނުލަފާ ފާޖިރު ހިތެއްގެ ވެރިޔާ ފަދައިން ވީ ނަމަވެސް އެކަމުން ތިމަންރަސްކަލާނގެ ރަސްކަންފުޅުން އެއްޗެއް އުންޏެއް ވެސް ނުމެވާނެއެވެ.

”އޭ ތިމަންއިލާހުގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން ކުރެ އިސްވެދިޔަ މީހުންނާއި، ފަހަށް ތިބި މީހުންނާއި އިންސީންނާއި ޖިންނީންނާއި އެންމެން، އެއްތަނަކަށް އެއްވެ ތިމަން ﷲ ގެ ޙަޟުރަތުން އެމީހަކު އެދޭ ކަމަކު ދަންނަވައި، ދެން ތިމަން ﷲ އެއިން ކޮންމެ މީހަކަށް އޭނާ އެދުނު ކަމެއް ދެއްވިޔަސް، އެކަމުގެ ސަބަބުން ތިމަން ﷲ ގެ ޙަޟުރަތުން އެއްވެސް އެއްޗެއް އުންޏެއް ނުވާނެއެވެ. ކަނޑަށް ތިނޯހެއް ލައިފައި އެ ނެގުމުން ކަނޑުން އުނިވާވަރަށް މެނުވީއެވެ.

”އޭ ތިމަންއިލާހުގެ އަޅުތަކުންނޭވެ! ތިމަން ﷲ ގެ ތިޔަބައިމީހުންނަށް ހިސާބު ބައްލަވަނީ ހަމައެކަނި ތިޔަބައިމީހުންގެ ޢަމަލުތަކަށެވެ. ދެން އޭގެ ބަދަލު ތިމަން ﷲ ދެއްވަމެވެ. ފަހެ އެނާއާ ހެވެއް ކުރިމަތިވެއްޖެއްޔާ ﷲ އަށް ޙަމްދުކުރުން ހުށްޓެވެ. އަދި އެނޫން ފަދައަކާ ލައިގެންފި މީހާ އޭނާގެ އަމިއްލަ ނަފްސަށް މެނުވީ މަލާމާތްކުރުމެއް ނެތެވެ.“

ރިވާކުރެއްވީ މުސްލިމް.