ޙަދީޘް 26: كُلُّ سُلَامَى مِنَ النَّاسِ

عَنْ أَبِي هُرَيْرَةَ  قَالَ: قَالَ رَسُولُ اللهِ ﷺ «كُلُّ سُلَامَى مِنَ النَّاسِ عَلَيْهِ صَدَقَةٌ، كُلَّ يَوْمٍ تَطْلُعُ فِيهِ الشَّمْسُ تَعْدِلُ بَيْنَ اثْنَيْنِ صَدَقَةٌ، وَتُعِينُ الرَّجُلَ فِي دَابَّتِهِ فَتَحْمِلُهُ عَلَيْهَا أَوْ تَرْفَعُ لَهُ عَلَيْهَا مَتَاعَهُ صَدَقَةٌ، وَالْكَلِمَةُ الطَّيِّبَةُ صَدَقَةٌ، وَبِكُلِّ خُطْوَةٍ تَمْشِيهَا إلَى الصَّلَاةِ صَدَقَةٌ، وَتُمِيطُ الْأَذَى عَنْ الطَّرِيقِ صَدَقَةٌ».

رَوَاهُ الْبُخَارِيُّ، وَمُسْلِمٌ.


އަބޫހުރައިރާ  ގެ އަރިހުން ރިވާވެގެން ވެއެވެ. ރަސޫލު ﷲ ﷺ ޙަދީޘްކުރެއްވިއެވެ. “މީސްތަކުންގެ ކޮންމެ ހުޅަކަށް، އިރުއަރައިފި ކޮންމެ ދުވަހަކު ޞަދަޤާތެއް ވެއެވެ. ދެ މީހެއްގެ މެދުގައި ޢަދުލުވެރިވުމީ ޞަދަޤާތެކެވެ. އަދި މީހަކަށް އޭނާގެ ދާއްބައިގައި (ސަވާރީގައި) އެހީތެރިވެ، އޭނާ އެއަށް އަރުވައިދީ ނުވަތަ އޭނާއަށް އޭނާގެ ސާމާނުތައް އެއަށް އަރުވައިދިނުމީ ޞަދަޤާތެކެވެ. އަދި ހެޔޮ ބަހެއް ބުނުމީ ޞަދަޤާތެކެވެ. އަދި ނަމާދަށް އަޅާ ކޮންމެ ފިޔަވަޅަކީ ޞަދަޤާތެކެވެ. އަދި މަގުމަތިން މީހުންނަށް އުނދަގޫވާ އެއްޗެއް ފިލުވައިލުމީ ޞަދަޤާތެކެވެ.

ރިވާކުރެއްވީ ބުޚާރީއާއި މުސްލިމް