ޙަދީޘް 27: الْبِرُّ حُسْنُ الْخُلُقِ

عَنْ النَّوَّاسِ بْنِ سَمْعَانَ  عَنْ النَّبِيِّ ﷺ قَالَ: «الْبِرُّ حُسْنُ الْخُلُقِ، وَالْإِثْمُ مَا حَاكَ فِي صَدْرِك، وَكَرِهْت أَنْ يَطَّلِعَ عَلَيْهِ النَّاسُ»

رَوَاهُ مُسْلِمٌ.

وَعَنْ وَابِصَةَ بْنِ مَعْبَدٍ  قَالَ: أَتَيْت رَسُولَ اللهِ ﷺ فَقَالَ: «جِئْتَ تَسْأَلُ عَنْ الْبِرِّ؟ قُلْت: نَعَمْ. فقَالَ: استفت قلبك، الْبِرُّ مَا اطْمَأَنَّتْ إلَيْهِ النَّفْسُ، وَاطْمَأَنَّ إلَيْهِ الْقَلْبُ، وَالْإِثْمُ مَا حَاكَ فِي النَّفْسِ وَتَرَدَّدَ فِي الصَّدْرِ، وَإِنْ أَفْتَاك النَّاسُ وَأَفْتَوْك».

حَدِيثٌ حَسَنٌ، رُوِّيْنَاهُ في مُسْنَدَي الْإمَامَيْنِ أَحْمَدَ بْنِ حَنْبَلٍ، وَالدَّارِمِيّ بِإِسْنَادٍ حَسَنٍ.


އައްނައްޥާސް ބިން ސަމްޢާން  ގެ އަރިހުން ރިވާވެގެން ވެއެވެ. ނަބިއްޔާ ﷺ ޙަދީޘް­ކުރެއްވި­އެވެ. ”ހެޔޮކަމަކީ ރަނގަޅު އަޚްލާޤެވެ. އަދި ނުބައި ކަމަކީ އެކަމަކާމެދު މޭ ނުތަނަވަސްކުރުވާ، އަދި މީސްތަކުންނަށް އެކަން ފެންނަން ތިބާ ނޭދޭ ކަމެކެވެ.“

ޙަދީޘް ރިވާކުރެއްވި މުސްލިމެވެ.

އަދި ޥާބިޞާ ބިން މަޢްބަދު  ވިދާޅުވިކަމަށް ރިވާވެގެން ވެއެވެ. ރަސޫލު ﷲ ﷺ އަރިހަށް ތިމަން ވަޑައިގެންނެވުމުން ޙަދީޘްކުރެއްވިއެވެ. ”ތިޔަ ވަޑައިގެންނެވީ ހެޔޮކަންކަމާމެދު ސުވާލުކުރައްވަން ތޯއެވެ؟“ ދެންނެވީމެވެ. ”އާދޭހެވެ.“ ޙަދީޘްކުރެއްވިއެވެ. ”ތިބާގެ ހިތް ކުރެން ފަތުވާ އައްސަވާށެވެ. ހެޔޮކަންކަމަކީ ތިމާގެ ނަފްސު އެކަމަކާ ރުހިގެންވާ، ހިތް އެކަމަކާ މެދު ހަމަޖެހިގެންވާ ކަންކަމެވެ. އަދި ފާފައަކީ ނަފްސު އެ ކަމަކާ މެެދު ނުތަނަވަސްވެ ހިތުގައި އެ ކަމާމެދު ޖެހިލުންވާ ކަމެވެ. އެ ނޫން ގޮތަކަށް ކިތަންމެ ވަރަކަށް މީސްތަކުން ފަތުވާދީހެދިކަމުގައި ވިޔަސް މެއެވެ.“

މިއީ ޙަސަނު ދަރަޖައިގެ ޙަދީޘެކެވެ. މި ޙަދީޘް ރިވާވެގެން އައިސްފައި ވަނީ އަޙްމަދް ބިން ޙަންބަލާއި އައްދާރިމީ މި ދެ އިމާމުންގެ ދެ މުސްނަދުގައި ޙަސަނު (ރަނގަޅު) ސަނަދަކުންނެވެ.