عَنْ مُعَاذِ بْنِ جَبَلٍ قَالَ: قُلْت يَا رَسُولَ اللهِ! أَخْبِرْنِي بِعَمَلٍ يُدْخِلُنِي الْجَنَّةَ وَيُبَاعِدْنِي مِنْ النَّارِ، قَالَ: «لَقَدْ سَأَلْت عَنْ عَظِيمٍ، وَإِنَّهُ لَيَسِيرٌ عَلَى مَنْ يَسَّرَهُ اللهُ عَلَيْهِ: تَعْبُدُ اللهَ لَا تُشْرِكْ بِهِ شَيْئًا، وَتُقِيمُ الصَّلَاةَ، وَتُؤْتِي الزَّكَاةَ، وَتَصُومُ رَمَضَانَ، وَتَحُجُّ الْبَيْتَ، ثُمَّ قَالَ: أَلَا أَدُلُّك عَلَى أَبْوَابِ الْخَيْرِ؟ الصَّوْمُ جُنَّةٌ، وَالصَّدَقَةُ تُطْفِئُ الْخَطِيئَةَ كَمَا يُطْفِئُ الْمَاءُ النَّارَ، وَصَلَاةُ الرَّجُلِ فِي جَوْفِ اللَّيْلِ، ثُمَّ تَلَا: تَتَجَافَىٰ جُنُوبُهُمۡ عَنِ ٱلۡمَضَاجِعِ حَتَّى إذا بَلَغَ يَعۡمَلُونَ، ثُمَّ قَالَ: أَلَا أُخْبِرُك بِرَأْسِ الْأَمْرِ وَعَمُودِهِ وَذُرْوَةِ سَنَامِهِ؟ قُلْت: بَلَى يَا رَسُولَ اللهِ. قَالَ: رَأْسُ الْأَمْرِ الْإِسْلَامُ، وَعَمُودُهُ الصَّلَاةُ، وَذِرْوَةُ سَنَامِهِ الْجِهَادُ، ثُمَّ قَالَ: أَلَا أُخْبِرُك بِمَلَاكِ ذَلِكَ كُلِّهِ؟ فقُلْت: بَلَى يَا رَسُولَ اللهِ ! فَأَخَذَ بِلِسَانِهِ وَقَالَ: كُفَّ عَلَيْك هَذَا. قُلْت: يَا نَبِيَّ اللهِ وَإِنَّا لَمُؤَاخَذُونَ بِمَا نَتَكَلَّمُ بِهِ؟ فَقَالَ: ثَكِلَتْك أُمُّك وَهَلْ يَكُبُّ النَّاسَ عَلَى وُجُوهِهِمْ -أَوْ قَالَ عَلَى مَنَاخِرِهِمْ- إلَّا حَصَائِدُ أَلْسِنَتِهِمْ؟!» .
رَوَاهُ التِّرْمِذِيُّ وَقَالَ: حَدِيثٌ حَسَنٌ صَحِيحٌ.
މުޢާޛު ބިން ޖަބަލް ގެ އަރިހުން ރިވާވެގެން ވެއެވެ. ތިމަން ދެންނެވީމެވެ. އޭ ﷲގެ ރަސޫލާއެވެ. ތިމަން ސުވަރުގެ ވައްދައި، ނަރަކައާ ތިމަން ދުރުކޮށްދޭނޭ ޢަމަލެއް ތިމަންކަލޭގެފާނަށް ކިޔައިދެއްވާށެވެ. ޙަދީޘްކުރެއްވިއެވެ. ތިޔަ ސުވާލުކުރެއްވީ ވަރަށް ބޮޑު ކަމަކާބެހޭ ގޮތުންނެވެ. އެކަމަކު ﷲ އެމީހަކަށް އެކަން ލުއިކޮށްދެއްވި މީހަކަށް އެކަން ނުހަނު ފަސޭހަވެގެން ވެއެވެ. ﷲއާ އެއްވެސް ފަރާތަކާ ޝަރީކުކުރުމަކާ ނުލައި ހަމައެކަނި ﷲ އަށް އަޅުކަންކުރާށެވެ. އަދި ނަމާދު ޤާއިމްކުރާށެވެ. އަދި ޒަކާތެދޭށެވެ. އަދި ރަމަޟާންމަހު ރޯދަހިފާށެވެ. އަދި ގެފުޅަށް ޙައްޖުވާށެވެ.
ދެން ޙަދީޘްކުރެއްވިއެވެ. ހުރިހައި ހެޔޮކަމެއްގެ ދޮރުތައް ކަލޭގެފާނަށް ތިމަންކަލޭގެފާނު ދައްކަވައިނުދޭންވީ ހެއްޔެވެ؟ (އެބަހީ: ހުރިހައި ހެޔޮކަމެއްގެ ދޮރުތައް ކަލޭގެފާނަށް ތިމަންކަލޭގެފާނު ދައްކަވައިދޭހުށީވެ.) ރޯދައަކީ އައްޑަނައެކެވެ. އަދި ފެން އަލިފާން ނިވާލާ ފަދައިން، ޞަދަޤާތް ފާފަ ފޮހެލައެވެ. އަދި ރޭގަނޑު މެންދަމު މީހާ ކުރާ ނަމާދެވެ. ދެން تَتَجَافَىٰ جُنُوبُهُمۡ عَنِ ٱلۡمَضَاجِعِ މި އާޔަތުން يَعۡمَلُونَ އާ ޖެހެންދެން އެކަލޭގެފާނު ކިޔަވައިވިދާޅުވިއެވެ.1
ދެން ޙަދީޘްކުރެއްވިއެވެ. ”މި ކަމުގެ (އެބަހީ: އިންސާނާ އެކަމަކަށްޓަކައި ހެއްދެވިފައިވާ ކަމުގެ) ބޮލާއި، (އެބަހީ: އޭގެ އެންމެ އިސް ކަމާއި) އޭގެ ތަނބުތަކާއި، އޭގެ ކުރިބޯށި2 ކަލޭގެފާނަަށް ކިޔައިދެއްވަން ހެއްޔެވެ؟“
ދެންނެވީމެވެ. ”އާދޭހެވެ، އޭ ﷲ ގެ ރަސޫލާއެވެ.“
ޙަދީޘްކުރެއްވިއެވެ. ”މި ކަމުގެ ބޮލަކީ އިސްލާމްކަމެވެ. މި (އިސްލާމް) ކަމުގެ ތަނބުތަކަކީ ނަމާދެވެ. އަދި މީގެ އެންމެ އުސް ކުރިބޯށްޓަކީ ޖިހާދެވެ.“
ދެން ޙަދީޘްކުރެއްވިއެވެ. ”މި ހުރިހައި ކަމެއް ކަލޭގެފާނަށް ހޯދައިދޭނޭ ކަމެއްގެ ވާހަކަ ކިޔައިދެއްވަން ހެއްޔެވެ؟“
ދެންނެވީމެވެ. ”އާދޭހެވެ، އޭ ﷲގެ ރަސޫލާއެވެ.“
ދެން އިތުރު އެކަލޭގެފާނު އެކަލޭގެފާނުގެ ދޫފުޅުގައި ހިއްޕަވާފައި ޙަދީޘްކުރެއްވިއެވެ. ”މީތި ރަނގަޅަށް ހިފަހައްޓަވާށެވެ.“
ދެންނެވީމެވެ. ”ތިމަންމެން ދައްކާ ވާހަކަތަކާ މެދު ވެސް ހިސާބުބެއްލެވޭނެހޭ، (ޢަޛާބު ދެއްވޭނެހޭ،) އޭ ﷲގެ ނަބިއްޔާއެވެ؟“
ޙަދީޘްކުރެއްވިއެވެ. ”ތިބާގެ މައިމީހާއަށް ތިބާ ބީވެދާށިއެވެ،3 އޭ މުޢާޛެވެ! ބަލަ އެ މީހުންގެ ދޫތަކުން ހޯދައިގަތް ކަމެއް މެނުވީ އެމީހުން މޫނުވަތަށް ފުރޮޅާލާހެއްޔެވެ؟— ނޫނީ ޙަދީޘްކުރެއްވީ:4 ނޭފަތް ވަތަށް ފުރޮޅާލާހެއްޔެވެ؟ “ (އެބަހީ: އެމީހުން މޫނުވަތަށް ޖަހާލަނީ މި ކަންކަމެވެ.)
ރިވާކުރެއްވީ ތިރްމިޛީއެވެ. އަދި ވިދާޅުވިއެވެ. މިއީ ޙަސަން ޞަޙީޙު ޙަދީޘެކެވެ.
-
މި އާޔަތްތަކަކީ: تَتَجَافَىٰ جُنُوبُهُمۡ عَنِ ٱلۡمَضَاجِعِ يَدۡعُونَ رَبَّهُمۡ خَوۡفٗا وَطَمَعٗا وَمِمَّا رَزَقۡنَٰهُمۡ يُنفِقُونَ. فَلَا تَعۡلَمُ نَفۡسٞ مَّآ أُخۡفِيَ لَهُم مِّن قُرَّةِ أَعۡيُنٖ جَزَآءَۢ بِمَا كَانُواْ يَعۡمَلُونَ [السجدة ١٦–١٧] މާނައީ: ”އެއުރެންގެ ވެރިރައްބުގެ ޙަޟްރަތަށް ބިރުވެތިކަމާއި އުންމީދާއެކު ދުޢާކުރާ ޙާލު، އެއުރެންގެ އަރިކަށިތައް (ރޭއަޅުކަންކުރުމަށްޓަކައި) ތަންމަތިތަކާ ފޭވެއެވެ. އަދި ތިމަން ﷲ، އެއުރެންނަށް ދެއްވި ތަކެތީން، އެއުރެން ހޭދަކުރެއެވެ. ފަހެ، އެއުރެންނަށްޓަކައި ފޮރުއްވާފައިވާ ލޮލުގެ ފިނިކަން (އެބަހީ: ލޮލަށް ފިނިކަންދެނިވި، ސުވަރުގޭގެ ނިޢުމަތްތައް) އެއްވެސް ނަފްސަކަށް ނޭނގޭނެތެވެ. (އެއީ) އެއުރެން ކޮށްއުޅުނު ޢަމަލުތަކުގެ ޖަޒާއެއް ކަމުގައެވެ.“ ↩︎
-
މިތާ އޮތް ބަސްފުޅުގެ ލަފްޡީ މާނައީ: ޖަމަލުގެ ގޮންގަނޑުގެ ކޮޅެވެ. ↩︎
-
މި އިބާރާތަކީ، ބުނަން އުޅޭ ވާހަކައަށް އަނެކާގެ ސަމާލުކަން ހޯދައި، ބާރުއެޅުމުގެ ގޮތުން ޢަރަބީންގެ ދޫމަތީ ބޭނުންކޮށް އުޅޭ އިބާރާތެކެވެ. ލަފްޒީ މާނައިގައި، އަނެކާއަށް ބަދުދުޢާ ކުރުމުގެ ގޮތުން ބޭނުންކޮށްއުޅޭ އިބާރާތެއް ނޫނެވެ. ↩︎
-
މިއީ ޙަދީޘްގެ ރާވީ (މުޢާޛް ) އަށް އުފެދުނު ޝައްކެކެވެ. ↩︎