ޙަދީޘް 3: أركان الإسلام

عَنْ أَبِي عَبْدِ الرَّحْمَنِ، عَبْدِ اللهِ بْنِ عُمَرَ بْنِ الْخَطَّابِ  قَالَ: سَمِعْتُ رَسُولَ اللهِ ﷺ يَقُولُ: «بُنِيَ الْإِسْلَامُ عَلَى خَمْسٍ: شَهَادَةِ أَنْ لَا إلَهَ إلَّا اللهُ وَأَنَّ مُحَمَّدًا رَسُولُ اللهِ، وَإِقَامِ الصَّلَاةِ، وَإِيتَاءِ الزَّكَاةِ، وَحَجِّ الْبَيْتِ، وَصَوْمِ رَمَضَانَ».

رَوَاهُ الْبُخَارِيُّ، وَمُسْلِمٌ.1


އަބޫ ޢަބްދިއްރަޙްމާން ޢަބްދު ﷲ ބިން ޢުމަރް ބުނުލް ޚައްޠާބް  ގެ ކިބައިން ރިވާވެގެން ވެއެވެ. رسول الله ﷺ ޙަދީޘް­ކުރައްވަނިކޮށް އަހުރެން އަޑުއެހީމެވެ. ”އިސްލާމްދީން ބިނާވެގެން ވަނީ ފަސް ކަމެއްގެ މައްޗަށެވެ. އެއީ ﷲ މެނުވީ ޙައްޤުވެގެން އަޅުކަންކުރެވޭ އިލާހަކު ނުވާ ކަމަށާއި، މުޙައްމަދުގެފާނީ އެކަލާނގެ ރަސޫލާ ކަމަށް ހެކިވުމާއި، ނަމާދު ޤާއިމް­ކުރުމާއި، ޒަކާތް ދިނުމާއި، ގެފުޅަށް ޙައްޖުވުމާއި، ރަމަޟާންމަހު ރޯދަހިފުމެވެ.“

ރިވާކުރެއްވީ ބުޚާރީއާއި މުސްލިމް.


  1. ބުޚާރީ (8 އަދި 4514) މުސްލިމް (16) ↩︎