عَنْ أَبِي ثَعْلَبَةَ الْخُشَنِيِّ جُرْثُومِ بن نَاشِر عَنْ رَسُولِ اللهِ ﷺ قَال: «إنَّ اللهَ تَعَالَى فَرَضَ فَرَائِضَ فَلَا تُضَيِّعُوهَا، وَحَدَّ حُدُودًا فَلَا تَعْتَدُوهَا، وَحَرَّمَ أَشْيَاءَ فَلَا تَنْتَهِكُوهَا، وَسَكَتَ عَنْ أَشْيَاءَ رَحْمَةً لَكُمْ غَيْرَ نِسْيَانٍ فَلَا تَبْحَثُوا عَنْهَا».
حَدِيثٌ حَسَنٌ، رَوَاهُ الدَّارَقُطْنِيّ «في سننه» [٤/١٨٤]، وَغَيْرُهُ.
އަބޫ ޘަޢްލަބާ އަލްޚުޝަނީ ޖުރްޘޫމް ބިން ނާޝިރް ގެ އަރިހުން ރިވާވެގެން ވެއެވެ. ރަސޫލު ﷲ ﷺ ޙަދީޘްކުރެއްވިއެވެ. ”ހަމަކަށަވަރުން اللهُ تَعَالَىٰ ވަނީ ފަރުޟުތަކެއް ފަރުޟުކުރައްވާފައެވެ. އެ ކަންކަން ގެއްލުވާނުލާށެވެ. އަދި އެކަލާނގެ ވަނީ ޙައްދުތަކެއް، އިންތަކެއް ކަނޑައަޅުއްވާފައެވެ. ފަހެ އެ ޙައްދުތައް ފަހަނައަޅައި ނުދާށެވެ. އަދި ކަންތައްތަކެއް ވަނީ ޙަރާމްކުރައްވާފައެވެ. އެ ކަންތައްތަކަށް އަރައިނުގަންނަށެވެ. އަދި ބައެއް ކަންތައްތައް ވަނީ ވަކިގޮތެއް ނާންގަވައި ދޫކޮށްލައްވާފައެވެ. އެއީ ތިޔަބައިމީހުންނަށް ރަޙްމަތެއްގެ ގޮތުގައެވެ. އެކަލާނގެ ހަނދުމަފުޅުނެތިވޮޑިގެންނެއް ނޫނެވެ. ފަހެ އެ ކަންތައްތައް ހޯދަން ނޫޅޭށެވެ.“
މިއީ ޙަސަނު ޙަދީޘެކެވެ. ރިވާކުރެއްވީ އައްދާރަޤުޠްނީ އެކަލޭގެފާނުގެ ސުނަނުގައްޔާއި، އަދިވެސް އެހެން ބޭކަލުންނެވެ.