ޙަދީޘް 31: ازْهَدْ فِي الدُّنْيَا يُحِبُّك اللهُ

عَنْ أَبِي الْعَبَّاسِ سَهْلِ بْنِ سَعْدٍ السَّاعِدِيّ  قَالَ: جَاءَ رَجُلٌ إلَى النَّبِيِّ ﷺ فَقَالَ: يَا رَسُولَ اللهِ! دُلَّنِي عَلَى عَمَلٍ إذَا عَمِلْتُهُ أَحَبَّنِي اللهُ وَأَحَبَّنِي النَّاسُ؛ فَقَالَ: «ازْهَدْ فِي الدُّنْيَا يُحِبُّك اللهُ، وَازْهَدْ فِيمَا عِنْدَ النَّاسِ يُحِبُّك النَّاسُ».

حديث حسن، رَوَاهُ ابْنُ مَاجَهْ، وَغَيْرُهُ بِأَسَانِيدَ حَسَنَةٍ.


އަބުލް ޢައްބާސް ސަހްލު ބިން ސަޢްދު އައްސާޢިދީ  ގެ އަރިހުން ރިވާވެގެން ވެއެވެ. މީހަކު ރަސޫލު ﷲ ﷺ އަރިހަށް އައިސް ދެންނެވިއެވެ. ”އޭ ﷲގެ ރަސޫލާއެވެ. އެ ޢަމަލެއް ތިމަން ކޮށްފިއްޔާ ﷲ ތިމަން ދެކެ ލޯބިވެވޮޑިގެންވާނޭ އަދި މީސްތަކުންވެސް ތިމަންދެކެ ލޯބިވާނެ ޢަމަލެއް ތިމަންނާއަށް ދައްކަވައިދެއްވާށެވެ.“ ޙަދީޘްކުރެއްވިއެވެ. “ދުނިޔޭގައި ޒުހުދުވެރިވާށެވެ.1 އޭރުން ﷲ ތިބާ ދެކެ ލޯބިވެވޮޑިގެންވާނެތެވެ. އަދި މީސްތަކުންގެ އަތުގައިވާ ތަކެއްޗާމެދު ޖުހުދުވެރިވާށެވެ.2 އޭރުން މީސްތަކުން ތިބާދެކެ ލޯބިވާނެއެވެ.

މިއީ ޙަސަނު ޙަދީޘެކެވެ. ޙަސަނު ސަނަދުތަކަކުން އިބްނު މާޖާއާއި އެހެން ބޭކަލުން މި ޙަދީޘް ރިވާކުރެއްވިއެވެ.


  1. އެބަހީ: ދުނިޔޭގެ މުދަލާއި އަރާމަށް ލޯބިކޮށް އެކަންކަމަށް އެދިގެން ނޫޅުމާއު، ދުނިޔެއިން އޭނާގެ އާޚިރަތުގައި އޭނާއަށް މަންފާއެއް ކޮށްފާނޭ އެއްޗެއް މެނުވީ ބޭނުންނުކުރުމެވެ. ↩︎

  2. އެބަހީ: މީސްތަކުންގެ އަތްތަކުގައިވާ އެއްޗަކަށް ލޯއަޅައި، އެއެއްޗެހި އެދިގެން، އެ ހޯދަން ނޫޅޭށެވެ. ↩︎