ޙަދީޘް 32: لَا ضَرَرَ وَلَا ضِرَارَ

عَنْ أَبِي سَعِيدٍ سَعْدِ بْنِ مَالِكِ بْنِ سِنَانٍ الْخُدْرِيّ  أَنَّ رَسُولَ اللهِ ﷺ قَالَ: «لَا ضَرَرَ وَلَا ضِرَارَ».

حَدِيثٌ حَسَنٌ، رَوَاهُ ابْنُ مَاجَهْ، وَالدَّارَقُطْنِيّ، وَغَيْرُهُمَا مُسْنَدًا.

وَرَوَاهُ مَالِكٌ فِي «الْمُوَطَّإِ» عَنْ عَمْرِو بْنِ يَحْيَى عَنْ أَبِيهِ عَنْ النَّبِيِّ ﷺ مُرْسَلًا، فَأَسْقَطَ أَبَا سَعِيدٍ، وَلَهُ طُرُقٌ يُقَوِّي بَعْضُهَا بَعْضًا.


އަބޫ ސަޢީދް ސަޢްދު ބިން މާލިކް ބިން ސިނާން އަލްޚުދްރީ  ވިދާޅުވިއެވެ. رَسُولُ اللهِ ﷺ ޙަދީޘްކުރެއްވިއެވެ. ”(ތިމާގެ ފަރާތުން އަނެކާއަށް) ގެއްލުން ވުމެއް އަދި (ގަސްތުގައި) ގެއްލުން ދިނުމެއް ވެސް ނުވެއެވެ.“

މިއީ ޙަސަނު ދަރަޖައިގެ ޙަދީޘެކެވެ. އިބްނުމާޖާއާއި، އައްދާރަޤުޠްނީއާއި އެނޫންވެސް ބޭކަލުން މި ޙަދީޘް ރިފާކުރެއްވީ ރަސޫލާ ﷺ އާ ހަމައަށް ގުޅިފައިފާ އިސްނާދަކުންނެވެ.

އަދި އަލްމުޥައްޠައުގައި، އިމާމް މާލިކް މި ޙަދީޘް ރިވާކުރައްވާފައި ވަނީ ޢަމްރު ބިން ޔަޙްޔާގެ އެކަލޭގެފާނުގެ ބައްޕަގެ ކިބައިން މުރްސަލުކޮށެވެ. އަދި ޙަދީޘްގެ އިސްނާދުން އަބޫ ސަޢީދު  ވަނީ ވައްޓާލައްވާފައެވެ. ނަމަވެސް އެކަތިން އަނެކައްޗަށް ބާރުލިއްބައިދޭ އެހެން މަގުތަކަކުން މި ޙަދީޘް ރިވާވެފައި ވެއެވެ.