ޙަދީޘް 33: الْبَيِّنَةَ عَلَى الْمُدَّعِي

عَنْ ابْنِ عَبَّاسٍ  أَنَّ رَسُولَ اللهِ ﷺ قَالَ: «لَوْ يُعْطَى النَّاسُ بِدَعْوَاهُمْ لَادَّعَى رِجَالٌ أَمْوَالَ قَوْمٍ وَدِمَاءَهُمْ، لَكِنَّ الْبَيِّنَةَ عَلَى الْمُدَّعِي، وَالْيَمِينَ عَلَى مَنْ أَنْكَرَ».

حَدِيثٌ حَسَنٌ، رَوَاهُ الْبَيْهَقِيُّ، وَغَيْرُهُ هَكَذَا، وَبَعْضُهُ فِي «الصَّحِيحَيْنِ».

އިބްނު ޢައްބާސް  ގެ އަރިހުން ރިވާވެގެން ވެއެވެ. رَسُولَ اللهِ ﷺ ޙަދީޘް­ކުރެއްވި­އެވެ. ”މީސްތަކުން ކުރާހައި ދަޢުވާއަކުން އެބައިމީހުން ދަޢުވާކުރާ ކަމެއް (ޝަރީޢަތުގައި) ދެވޭނަމަ ބަޔަކުމީހުން އަނެއްބަޔެއްގެ މުދަލާއި ލެޔަށް ދަޢުވާކުރީހެވެ. އެހެނެއްކަމަކު، ފާޅުވެގެންވާ ހެކި ދެއްކުން ވަނީ ދަޢުވާ ކުރާ ފަރާތަށެވެ. އަދި ހުވާކުރުން ވަނީ ދަޢުވާއަށް އިންކާރުކުރާ ފަރާތަށެވެ.“1

މިއީ ޙަސަނު ޙަދީޘެކެވެ. އަލްބައިހަޤީ އާއި އެހެން ބައެއް ބޭކަލުން މިގޮތަށް މި ޙަދީޘް ރިވާކުރެއްވިއެވެ. އަދި މި ޙަދީޘުގެ ބައެއް، ދެ ޞަޙީޙުގައި ރިވާކުރައްވާފައި ވެއެވެ.


  1. [ނޯޓު] (ޝައިޚް ޢައްބާދު، 1 ޛުލްޙިއްޖާ 1436) މިއީ ހަމައެކަނި ދުނިޔަވީ ދަޢުވާތަކުގެ ވާހަކައެއް ނޫނެވެ. މިސާލަކަށް ތިމާ ރަސޫލާ ﷺ ދެކެ ލޯބިވާކަމަށް ދަޢުވާކުރާނަމަ، އެކަމަށް ބަޔާވެގެންވާ ހެކި ދައްކަން ޖެހޭނެއެވެ. އެއީ އިމްތިޙާނުގެ އާޔަތުގައި ވާ ހެތްކެވެ. އެކަމުގެ ހެއްކަކީ ތިމާ އެކަލޭގެފާނަށް ތަބާވުމެވެ. ↩︎