ޙަދީޘް 34: مَنْ رَأَى مِنْكُمْ مُنْكَرًا

عَنْ أَبِي سَعِيدٍ الْخُدْرِيّ  قَالَ سَمِعْت رَسُولَ اللهِ ﷺ يَقُولُ: «مَنْ رَأَى مِنْكُمْ مُنْكَرًا فَلْيُغَيِّرْهُ بِيَدِهِ، فَإِنْ لَمْ يَسْتَطِعْ فَبِلِسَانِهِ، فَإِنْ لَمْ يَسْتَطِعْ فَبِقَلْبِهِ، وَذَلِكَ أَضْعَفُ الْإِيمَانِ».

رَوَاهُ مُسْلِمٌ.


އަބޫ ސަޢީދް އަލްޚުދްރީ  ގެ އަރިހުން ރިވާވެގެން ވެއެވެ. رَسُولُ اللهِ ﷺ ޙަދީޘް­ކުރައްވަނިކޮށް ތިމަން އަޑުއެއްސެވީމެވެ. ”ތިޔަބައިމީހުންކުރެ މުންކަރާތެއް ފެނިއްޖެ މީހާ ފަހެ އޭނާ އެކަމެއް އޭނާގެ އަތުން ހުއްޓުވާށެވެ. އެކަމަށް ކުޅަދާނަ ވެގެން ނުވާ ނަމަ ދުލުންނެވެ. އެކަމަށް ވެސް ކުޅަދާނަ ވެގެން ނުވާނަމަ ދެން އޭނާގެ ހިތުންނެވެ. އަދި އެއީ އީމާންކަމުގެ އެންމެ ބަލި މިންވަރެވެ.“

ރިވާކުރެއްވީ މުސްލިމް.