ޙަދީޘް 36: مَنْ نَفَّسَ عَنْ مُؤْمِنٍ كُرْبَةً

عَنْ أَبِي هُرَيْرَةَ  عَنْ النَّبِيِّ ﷺ قَالَ: «مَنْ نَفَّسَ عَنْ مُؤْمِنٍ كُرْبَةً مِنْ كُرَبِ الدُّنْيَا نَفَّسَ اللهُ عَنْهُ كُرْبَةً مِنْ كُرَبِ يَوْمِ الْقِيَامَةِ، وَمَنْ يَسَّرَ عَلَى مُعْسِرٍ، يَسَّرَ اللهُ عَلَيْهِ فِي الدُّنْيَا وَالْآخِرَةِ، وَمَنْ سَتَرَ مُسْلِما سَتَرَهُ اللهُ فِي الدُّنْيَا وَالْآخِرَةِ ، وَاللهُ فِي عَوْنِ الْعَبْدِ مَا كَانَ الْعَبْدُ فِي عَوْنِ أَخِيهِ، وَمَنْ سَلَكَ طَرِيقًا يَلْتَمِسُ فِيهِ عِلْمًا سَهَّلَ اللهُ لَهُ بِهِ طَرِيقًا إلَى الْجَنَّةِ، وَمَا اجْتَمَعَ قَوْمٌ فِي بَيْتٍ مِنْ بُيُوتِ اللهِ يَتْلُونَ كِتَابَ اللهِ، وَيَتَدَارَسُونَهُ فِيمَا بَيْنَهُمْ؛ إلَّا نَزَلَتْ عَلَيْهِمْ السَّكِينَةُ، وَغَشِيَتْهُمْ الرَّحْمَةُ، وَ حَفَّتهُمُ المَلاَئِكَة، وَذَكَرَهُمْ اللهُ فِيمَنْ عِنْدَهُ، وَمَنْ أَبَطْأَ بِهِ عَمَلُهُ لَمْ يُسْرِعْ بِهِ نَسَبُهُ».

رَوَاهُ مُسْلِمٌ بهذا اللفظ.


އަބޫހުރައިރާ  ވިދާޅުވިއެވެ. رَسُولُ اللهِ ﷺ ޙަދީޘްކުރެއްވިއެވެ. ”މުއުމިނަކަށް ދުނިޔޭގެ މޮޅިތަކާއި ގިލަންތަކުން ގިލަމެއް ފިލުވާލަދީފި މީހާ، ފަހެ މާތް ﷲ ޤިޔާމަތްދުވަހުގެ ގިލަންތަކުން ގިލަމެއް އޭނާގެ ކިބައިން ފިއްލަވާނެތެވެ. އަދި ދަތިހާލު ޖެހިފައިވާ މީހަކަށް ފަސޭހަކޮށްދިން މީހަކަށް ދުނިޔެއާއި އާޚިރަތުގައި ﷲ ފަސޭހަކޮށްދެއްވާނެތެވެ. އަދި މުސްލިމެއްގެ ޢައިބު ފޮރުވައިފި މީހެއްގެ ޢައިބު ދުނިޔެއާއި އާޚިރަތުގައި ﷲ ފޮރުއްވާނެތެވެ. އަދި އަޅާ އޭނާގެ އަޚާއަށް އެހީތެރިވުމުގައި ވާހައި ހިނދަކު ﷲ އެއަޅާއަށް އެހީވުމުގައި ވޮޑިގެންވެއެވެ. އަދި (ޝަރުޢީ) ޢިލްމު ހޯދުމުގެ މަގެއް ޚިޔާރުކޮށްފި މީހަކަށް ސުވަރުގެދާނޭ މަގެއް ﷲ ފަހިކޮށްދެއްވާނެއެވެ. އަދި ބަޔަކުމީހުން، ﷲގެ ގެކޮޅުތަކުން ގެކޮޅެއްގައި (އެބަހީ: މިސްކިތެއްގައި) ﷲގެ ފޮތް ކިޔަވައި އެއްބަޔަކު އަނެއްބަޔަކާއެކީ އެފޮތް މުދާރަސާކުރާނަމަ އެމީހުންގެ މައްޗަށް ސަކީނަތު (އެބަހީ: ހިތްހަމަޖެހުމާއި، ހިތުގެ ތަނަވަސްކަން) ފައިބާނެތެވެ. އަދި ރަޙްމަތް އެބައިމީހުން ވަށައިލައި ފޮރުވައިލާނެތެވެ. އަދި މަލާއިކަތުން އެބައިމީހުން ވަށައިގެން ތިބޭނެތެވެ. އަދި ﷲ އެކަލާނގެ ޙަޟްރަތުގައިވާ ބަޔަކަށް އެމީހުންގެ ވާހަކަ ޛިކުރުކުރައްވާނެތެވެ. ތިމާގެ ޢަމަލުތައް ތިމާއަށް ކުރިހޯދައިނުދީފިނަމަ ތިމާގެ ނަސަބަކުން ލިބޭނޭ ކުރިއެއް ނޯންނާނެއެވެ.“

މި އިބާރާތުން ރިވާކުރެއްވީ މުސްލިމް.