ޙަދީޘް 37: إنَّ اللهَ كَتَبَ الْحَسَنَاتِ

عَنْ ابْنِ عَبَّاسٍ  عَنْ رَسُولِ اللهِ ﷺ فِيمَا يَرْوِيهِ عَنْ رَبِّهِ تَبَارَكَ وَتَعَالَى، قَالَ: «إنَّ اللهَ كَتَبَ الْحَسَنَاتِ وَالسَّيِّئَاتِ، ثُمَّ بَيَّنَ ذَلِكَ، فَمَنْ هَمَّ بِحَسَنَةٍ فَلَمْ يَعْمَلْهَا كَتَبَهَا اللهُ عِنْدَهُ حَسَنَةً كَامِلَةً، وَإِنْ هَمَّ بِهَا فَعَمِلَهَا كَتَبَهَا اللهُ عِنْدَهُ عَشْرَ حَسَنَاتٍ إلَى سَبْعِمِائَةِ ضِعْفٍ إلَى أَضْعَافٍ كَثِيرَةٍ، وَإِنْ هَمَّ بِسَيِّئَةٍ فَلَمْ يَعْمَلْهَا كَتَبَهَا اللهُ عِنْدَهُ حَسَنَةً كَامِلَةً، وَإِنْ هَمَّ بِهَا فَعَمِلَهَا كَتَبَهَا اللهُ سَيِّئَةً وَاحِدَةً».

رَوَاهُ الْبُخَارِيُّ، وَمُسْلِمٌ، في «صحيحيهما» بهذه الحروف.

[فانظر يا أخي وفقنا الله وإياك إلى عظيم لطف الله تعالى، وتأمَّل هذه الألفاظ،

وقوله «عِندَهُ» إشارة إلى الإعتناء بها،

وقوله «كَامِلَةً» للتأكيد وشدة الإعتناء بها،

وقال في السيئة التي همّ بها ثم تركها كَتَبَهَا اللهُ عِندَهُ حَسَنَةً كَامِلَةً فأكَّدها بـ «كاملة» وإن عملها كتبها سيئة واحدة، فأكد تقليلها بـ «واحدة» ولم يؤكدها بـ «كاملة».

فلله الحمد والمنة، سبحانه لا نحصي ثناء عليه، وبالله التوفيق.]


އިބްނު ޢައްބާސް  ރިވާކުރެއްވިއެވެ. ރަސޫލު ﷲ ﷺ އެކަލޭގެފާނުގެ ވެރި ރައްބު––ގެ ހަޟްރަތުން ރިވާކުރެއްވިއެވެ. އެކަލާނގެ ވަޙީކުރެއްވިއެވެ. “ހަމަކަށަވަރުން ﷲ ހެޔޮކަންތައްތަކާއި ނުބައި ކަންތައްތައް ލިޔުއްވިއެވެ. ދެން އެ ކަންކަން ބަޔާންކޮށްދެއްވިއެވެ. ފަހެ މީހަކު ހެޔޮކަމެއް ކުރަން އުޅެ، (އެބަހީ: އެކަން ކުރަން ގަޞްދުކޮށް ޢަޒުމް ކަނޑައަޅައި،) އެކަން ނުކުރެވުނަސް އެކަލާނގެ ޙަޟުރަތުގައި، ފުރިހަމަ ހެޔޮކަމެއްގެ ގޮތުގައި ﷲ އޭނާއަށް އެކަން ލިޔުއްވައެވެ. އަދި އެ ހެޔޮކަން ކުރަން އުޅެ، އެކަން ކޮށްފިއްޔާ ﷲ އެކަލާނގެ ޙަޟުރަތުގައި އެކަން ދިހަ ހެޔޮކަމުުން ގޮސް 700 ގުނައިން ގޮސް އެތައްއެތައް ގުނައަކަށް އިތުރުކުރައްވައި، ލިޔުއްވައެވެ. އަދި ނުބައި ކަމެއް ކުރަން އުޅެ، އެކަމެއް ނުކޮށް ދޫކޮށްލައިފިނަމަ ﷲ އެކަލާނގެ ޙަޟުރަތުގައި އެކަން ފުރިހަމަ ހެޔޮކަމެއްގެ ގޮތުގައި ލިޔުއްވައެވެ. އަދި އެނުބައި ކަން ކުރަން އުޅެ އެކަން ކޮށްފިއްޔާ ﷲ އެންމެ ނުބައިކަމެއްގެ ގޮތުގައި ލިޔުއްވައެވެ.

މި ޢިބާރާތުން، ބުޚާރީއާއި މުސްލިމް، އެ ދެ ބޭކަލުންގެ ދެ ޞަޙީޙުގައި، މި ޙަދީޘް ރިވާ­ކުރެއްވިއެވެ.

[ނަޥަޥީ ވިދާޅުވިއެވެ:]

އޭ އަޚާއެވެ. ﷲ ގެ އޯގާވަންތަކަމުގެ މަތިވެރިކަން ނިކަން ދެކެބަލާށެވެ. —އަޅާއާއި އަދި ތިބާއަށް އެކަލާނގެ ތައުފީޤު ދެއްވާށިއެވެ.— އަދި މި ބަސް­ފުޅުތަކާ މެދު ފުންކޮށް ނިކަން ވިސްނަވާށެވެ.

މި ޙަދީޘުގައި، «عنده» އޭ (އެބަހީ: އެކަލާނގެ ޙަޟްރަތުގައޭ) އޮތް ބަސްފުޅުން އެކަލާނގެ އެކަމާމެދު (އެބަހީ: ކުރަން އުޅެ، ނުކުރެވުނު ހެޔޮކަމާމެދު) ޢިނާޔަތްތެރިވެވޮޑިގެންވާ މިންވަރަށް އިޝާރާތްކޮށްދެއެވެ.

މި ޙަދީޘުގައި، «كاملة» އޭ (އެބަހީ: ފުރިހަމަ ހެޔޮކަމެކޭ) އޮތް ބަސްފުޅުން އެކަމަށް އިތުރަށް ބާރުލިއްބައިދީ، އަދި އެކަލާނގެ ޢިނާޔަތްތެރިކަމުގެ ބޮޑުކަށް ހާމަކޮށްދެއެވެ.

އަދި ކުރަން އުޅެ ދޫކޮށްލި ނުބައިކަން ފުރިހަމަ ހެޔޮކަމެއްގެ ގޮތުގައި އެކަލާނގެ ޙަޟްރަތުގައި ލިޔުއްވާ ކަމަށް ވަނީ އަންގަވާފައެވެ. މިތާގައި ވަނީ «كاملة» ”ފުރިހަމައަށޭ“ ވަޙީކުރައްވައި ޖުމްލައަށް އިތުރަށް ބާރުދެއްވާފައެވެ. އަދި އޭނާ ކުރި ނުބައިކަން އެންމެ ފާފައެއްގެ ގޮތުގައި ލިޔުއްވައެވެ. މި ޖުމްލައިގައި، «كاملة» ނުވަތަ ”ފުރިހަމަ ފާފައެކޭ“ އޮތުމުގެ ބަދަލުކައި «واحدة» ”އެންމެ“ ފާފައެކޭ ވަޙީކުރައްވައި އޭގެ މަދުކަން އިތުރަށް ހާމަކޮށްދެއްވިއެވެ.

ފަހެ އެންމެހައި ޙަމްދަކާއި، ނިޢުމަތްދެއްވުމެއް ވަނީ ﷲ އަށެވެ. އެކަލާނގެ ހުސްޠާހިރުވަންތަކަމާއެވެ. އެކަލާނގެއަށް ލިބިވޮޑިގެންވާ ޘަނާއަކީ އެ ހިމަނައި ކޮޅުންލާނޭ ކަމެއް ނޫނެވެ. ތައުފީޤުދެއްވަނީ ﷲ އެވެ.