عَنْ أَبِي عَبْدِ الرَّحْمَنِ، عَبْدِ اللهِ بْنِ مَسْعُودٍ قَالَ: حَدَّثَنَا رَسُولُ اللهِ ﷺ —وَهُوَ الصَّادِقُ الْمَصْدُوقُ—: «إنَّ أَحَدَكُمْ يُجْمَعُ خَلْقُهُ فِي بَطْنِ أُمِّهِ أَرْبَعِينَ يَوْمًا نُطْفَةً، ثُمَّ يَكُونُ عَلَقَةً مِثْلَ ذَلِكَ، ثُمَّ يَكُونُ مُضْغَةً مِثْلَ ذَلِكَ، ثُمَّ يُرْسَلُ إلَيْهِ الْمَلَكُ فَيَنْفُخُ فِيهِ الرُّوحَ، وَيُؤْمَرُ بِأَرْبَعِ كَلِمَاتٍ: بِكَتْبِ رِزْقِهِ، وَأَجَلِهِ، وَعَمَلِهِ، وَشَقِيٍّ أَمْ سَعِيدٍ؛
فَوَاللهِ الَّذِي لَا إلَهَ غَيْرُهُ إنَّ أَحَدَكُمْ لَيَعْمَلُ بِعَمَلِ أَهْلِ الْجَنَّةِ حَتَّى مَا يَكُونُ بَيْنَهُ وَبَيْنَهَا إلَّا ذِرَاعٌ فَيَسْبِقُ عَلَيْهِ الْكِتَابُ فَيَعْمَلُ بِعَمَلِ أَهْلِ النَّارِ فَيَدْخُلُهَا. وَإِنَّ أَحَدَكُمْ لَيَعْمَلُ بِعَمَلِ أَهْلِ النَّارِ حَتَّى مَا يَكُونُ بَيْنَهُ وَبَيْنَهَا إلَّا ذِرَاعٌ فَيَسْبِقُ عَلَيْهِ الْكِتَابُ فَيَعْمَلُ بِعَمَلِ أَهْلِ الْجَنَّةِ فَيَدْخُلُهَا».
رَوَاهُ الْبُخَارِيُّ، وَمُسْلِمٌ1
އަބޫ ޢަބްދިއްރަޙްމާން ޢަބްދުﷲ ބިން މަސްޢޫދު ވިދާޅުވިކަމަށް ރިވާވެގެން ވެއެވެ. رَسُولُ اللهِ ﷺ ޙަދީޘްކުރެއްވިއެވެ. —އަދި އެކަލޭގެފާނަކީ الصَّادِقُ الْمَصْدُوقُ އެވެ. (އެބަހީ: ތެދުވެރި، އަދި ތެދު ބަސްފުޅު އިއްވެވޭ ނަބިއްޔާއެވެ.)— (ޙަދީޘްކުރެއްވިއެވެ.) ”ހަމަކަށަވަރުން ތިޔަބައިމީހުން ކުރެ މީހަކު އޭނާގެ މައިމީހާގެ ބަނޑުގައި އޭނާގެ ޚަލްޤުކުރުން ޖަމަޢަކުރެވޭުށީ 40 ދުވަހު ނުޠްފާއެއްގެ ގޮތުގައެވެ. (އެބަހީ: މަނިތިއްކެއްގެ ގޮތުގައެވެ.) ދެން ގަނޑު ލޭކޮޅެއްގެ ގޮތުގައި އެހައި ދުވަހެވެ. ދެން މަސްކޮޅެއްގެ ގޮތުގައި ހަމަ އެހައި ދުވަހެވެ. ދެން އޭނާގެ ގާތަށް މަލާއިކަތަކު ފޮނުއްވޭނެއެވެ. ދެން އެބޭކަލަކު އެ މަސްކޮޅަށް ފުމެލައްވައި ފުރާނަ އަޅުއްވާނެއެވެ. އަދި ހަތަރު ކަލިމަައަކުން އެ މަލާއިކަތާއަށް އަމުރުކުރެވޭނެއެވެ. އޭނާގެ ރިޒްޤާއި، އެނާގެ އަޖަލާއި، އޭނާ ކުރާނޭ ޢަމަލުތަކާއި، އޭނާއީ ބާއްޖަވެރިއެއްތޯ އަބާއްޖަވެރިއެއްތޯ، މި ހަތަރު ކަންތައް ލިޔުއްވުމަށެވެ.
”ފަހެ އެ އިލާހު މެނުވީ ޙައްޤުވެގެން އަޅުކަންކުރެވޭ އިލާހަކު ނުވާ ﷲ ގަންދެއްވައި ޙަދީޘްކުރައްވަމެވެ. ހަމަކަށަވަރުން ތިޔަބައިމީހުން ކުރެ މީހަކު ސުވަރުގޭގެ އަހުލުވެރީންގެ ޢަމަލުތައް ކުރަމުން ގޮސް އޭނާއާއި ސުވަރުގެއާ ދެމެދު މުށެއްގެ ދުރުމިން މެނުވީ ނުވާހައި ކައިރިއަށް ދެއެވެ. ދެން އެ ލިޔެވުނު ފަތް އޭނާގެ މައްޗަށް އިސްވެ، އޭނާ ނަރަކައިގެ އަހުލުވެރީންގެ ޢަމަލުކޮށް ނަރަކައަށް ވަދެއެވެ. އަދި ހަމަކަށަވަރުން ތިޔަބައިމީހުން ކުރެ މީހަކު ނަރަކައިގެ އަހުލުވެރީންގެ ޢަމަލުތައް ކުރަމުން ކުރަމުން ގޮސް އޭނާއާއި ނަރަކައާ ދެމެދު މުށެއްހައި ތަން މެނުވީ ނުވާ ހިސާބަށް ކައިރިވެއެވެ. ދެން އެ ފަތް އޭނާގެ މައްޗަށް އިސްވެ، އޭނާ ސުވަރުގޭގެ އަހުލުވެރީންގެ ޢަމަލުކޮށް ސުވަރުގެ ވަދެއެވެ.“
ރިވާކުރެއްވީ ބުޚާރީއާއި މުސްލިމް
-
ބުޚާރީ (3208، 3332، 6594، 7454) މުސްލިމް (2643) ↩︎