ޙަދީޘް 40: كُنْ فِي الدُّنْيَا كَأَنَّك...

عَنْ ابْن عُمَرَ  قَالَ: أَخَذَ رَسُولُ اللهِ ﷺ بِمَنْكِبِي، وَقَالَ: «كُنْ فِي الدُّنْيَا كَأَنَّك غَرِيبٌ أَوْ عَابِرُ سَبِيلٍ».

وَكَانَ ابْنُ عُمَرَ  يَقُولُ: إذَا أَمْسَيْتَ فَلَا تَنْتَظِرْ الصَّبَاحَ، وَإِذَا أَصْبَحْتَ فَلَا تَنْتَظِرْ الْمَسَاءَ، وَخُذْ مِنْ صِحَّتِك لِمَرَضِك، وَمِنْ حَيَاتِك لِمَوْتِك.

رَوَاهُ الْبُخَارِيُّ.


އިބްނު ޢުމަރު  ވިދާޅުވިއެވެ. رَسُولُ اللهِ ﷺ ތިމަންކަލޭގެފާނު ކޮނޑުފުޅުގައި ހިއްޕަވައިފައި ޙަދީޘް­ކުރެއްވިއެވެ. ”ތިބާއީ ބީރައްޓެއްސެއް ފަދައިން، ނުވަތަ މަގު ހުރަސްކޮށްލާ މީހެއް ފަދައިން، ތިބާ ދުނިޔޭގައި ވާށެވެ!“

އިބްނު ޢުމަރު  ވިދާޅުވާކަމުގައި ވެއެވެ. ”ތިބާ ހަވީރު ވެއްޖެނަމަ ހެނދުނު ވާނޭ ކަމަށް އިންތިޒާރު ނުކުރާށެވެ. އަދި ހެނދުނު ވެއްޖެ ނަމަ ހަވީރު ވާނޭ ކަމަށް އިންތިޒާރު ނުކުރާށެވެ. އަދި ތިބާ ދުޅަހެޔޮ­ކަމުގައި ވާ ޙާލު ބަލިވެދާނޭ ކަމަށް ތައްޔާރުވާށެވެ. އަދި ތިބާ ދިރިހުށްޓައި، މަރަށް ތައްޔާރުވާށެވެ.“

ރިވާކުރެއްވީ އަލްބުޚާރީ