عَنْ أَبِي مُحَمَّدٍ عَبْدِ اللهِ بْنِ عَمْرِو بْنِ الْعَاصِ ، قَالَ: قَالَ رَسُولُ اللهِ ﷺ: «لَا يُؤْمِنُ أَحَدُكُمْ حَتَّى يَكُونَ هَوَاهُ تَبَعًا لِمَا جِئْتُ بِهِ».
حَدِيثٌ حَسَنٌ صَحِيحٌ، رَوَيْنَاهُ فِي كِتَابِ «الْحُجَّةِ» بِإِسْنَادٍ صَحِيحٍ.
އަބޫ މުޙައްމަދު، ޢަބްދު ﷲ ބިން ޢަމްރި ބިން އަލްޢާޞްގެ ގެ އަރިހުން ރިވާވެގެން ވެއެވެ. رَسُولُ اللهِ ﷺ ޙަދީޘްކުރެއްވިއެވެ. ”ތިމާގެ ހަވާނަފްސު ވެސް ތިމަންކަލޭގެފާނު ގެންނެވި އެއްޗަކާ (އެބަހީ: މި ދީނާ) ތަބާވެގެންވާ ކަމުގައި ވެއްޖައުމަށް ދާންދެން ތިޔަބައިމީހުންކުރެ އެކަކުވެސް އީމާންވީކަމުގައި ނުވެއެވެ.“
މިއީ ޙަސަން ޞަޙީޙު ޙަދީޘެކެވެ. އަލްޙުއްޖަތޭ ކިޔުނު ފޮތުން އަހުރެން ވާނީ މި ޙަދީޘް ޞައްޙަ ސަނަދަކުން ރިވާކޮށްފައެވެ.1
-
އެއީ އަބުލްފަތްޙު ނަޞްރު ބިން އިބްރާހީމް އަލްމަޤްދިސީ އައްޝާފިޢީގެ ”އަލްޙުއްޖަތު ޢަލާ ތާރިކިލް މަޙާއްޖާ“ ކިޔުނު ފޮތެވެ. (ބައްލަވާ: ޖާމިޢުލް ޢުލޫމި ވަލްޙިކަމް) ↩︎