ޙަދީޘް 45: إن الله ورسوله حرم بيع...

عن جابر بن عبد الله أنه سمع رسول الله ﷺ عام الفتح وهو بمكة يقول: «إن الله ورسوله حرم بيع الخمر والميتة والخنزير والأصنام»

فقيل: يا رسول الله أرأيت شحوم الميتة، فإنه يطلى بها السفن، ويدهن بها الجلود، ويستصبح بها الناس؟ قال: «لا وهو حرام» ، ثم قال رسول الله ﷺ : «قاتل الله اليهود، إن الله حرم عليهم الشحوم، فأجملوه، ثم باعوه، فأكلوا ثمنه».

رواه البخاري، ومسلم.


ޖާބިރު ބިން ޢަބްދި ﷲ  ވިދާޅުވިއެވެ. މައްކާ ފަތަޙަކުރެއްވި އަހަރު މައްކާގައި ﷲގެ ރަސޫލާ ﷺ ޙަދީޘްކުރައްވަނިކޮށް ތިމަން އަޑުއެއްސެވީމެވެ. ”ރަލާއި، މުޅަތަކެއްޗާއި، އޫރުމަހާއި، ބުދު ގަނެވިއްކުން ހަމަކަށަވަރުން ﷲ އާއި އެކަލާނގެ ރަސޫލާ ޙަރާމް­ކުރެއްވިއެވެ.“

އެކަލޭގެފާނުގެ އަރިހު ދެންނެވުނެވެ. ”އޭ ﷲގެ ރަސޫލާއެވެ! މުޅަތަކެތީގެ ސަރުބީ ކިހިނެއްތޯއެވެ؟ އޮޑިދޯނިފަހަރުގައި ތެޔޮލާން އެ ބޭނުންކުރެވެއެވެ. އަދި ޖަނަވާރު ހަންތަކުކައި ވެސް އެ ލައިއުޅެއެވެ. އަދި އެއިން މީހުން ވޮށް ދިއްލައި އުުޅެއެވެ.“

ޙަދީޘްކުރެއްވިއެވެ. ”ނޫނެކެވެ. އެވެސް ޙަރާމެވެ.“

ދެން ރަސޫލު ﷲ ﷺ ޙަދީޘްކުރެއްވިއެވެ. ”ޔަހޫދީންނަށް ﷲ ލަޢުނަތްލައްވާށިއެވެ. ހަމަކަށަވަރުން ﷲ އެމީހުންގެ މައްޗަށް ސަރުބީ ޙަރާމް ކުރެއްވުމުން އެމީހުން އެ ވިރުވައިގެން އެ ވިއްކައިގެން އޭގެ އަގު ކެއެވެ.“

ރިވާކުރެއްވީ ބުޚާރީއާއި މުސްލިމް.