ޙަދީޘް 46: كل مُسْكِرٍ حَرَامٌ

عن أبي بردة ، عن أبيه أبي موسي الأشعري أن النبي ﷺ بعثه إلى اليمن، فسأله عن أشربة تصنع بها، فقال: «وما هي؟» قال: «البتع والمزر»، فقيل لأبي بردة: «وما البتع؟» قال: «نبيذ العسل، والمزر: نبيذ الشعير»، فقال: «كل مُسْكِرٍ حَرَامٌ».

رواه البخاري.


އަބޫ ބުރްދާ ރިވާކުރެއްވިއެވެ. އެކަލޭގެފާނުގެ ބައްޕަގެ އަބޫ މޫސަލް އަޝްޢަރީ  ގެ ކިބައިން ރިވާކުރެއްވިއެވެ. ހަމަކަށަވަރުން މާތް ނަބިއްޔާ ﷺ އެކަލޭގެފާނު ޔަމަނަށް ފޮނުއްވިއެވެ. ދެން އެކަލޭގެފާނު އެތާ އުފައްދައި އުޅޭ ބުއިންތަކަކާމެދު ރަސޫލާއާ ސުވާލު ކުރެއްވިއެވެ. ދެން ރަސޫލާ ﷺ އެއްސެވިއެވެ. ”އެއީ ކޮން އެއްޗެއްސެއް ހެއްޔެވެ؟“ ދެންނެވިއެވެ. ”البتع އާއި المزر އެވެ.“ — އަބޫ ބުރްދާ (ޙަދީޘްގެ ރާވީ) އަރިހު ދެންނެވުނެވެ. البتع އަކީ ކޮބައިތޯއެވެ. ވިދާޅުވިއެވެ. ”އެއީ މާމުއިން ހަދާ ރަލެވެ. އަދި المزر އަކީ ހިމަގޮދަނުން ހަދާ ރަލެވެ.“ — ޙަދީޘްކުރެއްވިއެވެ. ”މަސްތުވާ ކޮންމެ އެއްޗަކީ ޙަރާމް އެއްޗެކެވެ.“

ރިވާކުރެއްވީ ބުޚާރީ.