عن عبد الله بن عَمْرٍو عن النبي ﷺ قال : «الأَرْبَعُ مَن كُنَّ فِيهِ كَانَ مُنَافِقًا، وَإِنْ كَانَتْ خَصْلَةٌ مِنْهُنَّ فِيهِ كَانَتْ فِيهِ خَصْلَةٌ مِنَ النِّفَاقِ حَتَّىٰ يَدَعَهَا: مَن إِذَا حَدَّثَ كَذَبَ، وَإِذَا وَعَدَ أَخْلَفَ، وَإِذَا خَاصَمَ فَجَرَ، وَإِذَا عَاهَدَ غَدَرَ».
رواه البخاري، ومسلم.
ޢަބްދު ﷲ ބިން ޢަމްރު ގެ އަރިހުން ރިވާވެގެން ވެއެވެ. މާތް ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ. “ހަތަރު ސިފައެއް (އެކީ) އެމީހެއްގެ ކިބައިގައި ހުރެއްޖެ މީހާ ވަނީ މުނާފިޤެއް ކަމުގައެވެ. އަދި އެއިން އެއް ސިފައެއް އޭނާގެ ކިބައި ހުރެއްޖެ ނަމަ، އެ ސިފައެއް އޭނާ ދޫކޮށްލަންދެން އޭނާގެ ކިބައިކައި ނިފާޤުގެ ސިފައެއް ވެއެވެ.
”އޭނާ ބަސްބުނާ ހިނދު ދޮގު ހަދައެވެ. ވަޢުދެއް ވެއްޖެނަމަ އެއާ ޚިލާފު ވެއެވެ. އަރައިރުމެއް ވާހިނދު ހުތުރު އެއްޗެހި ގޮވައި ހަދައެވެ. އަދި ޢަހުދެއް، އެއްބަސްވުމެއް ވެއްޖެ ނަމަ އެއަށް ޣަދަރުވެރިވެ ޚިޔާނާތްތެރިވެއެވެ.“
ރިވާކުރެއްވީ އަލްބުޚާރީ އާއި މުސްލިމް.