ޙަދީޘް 5: مَنْ أَحْدَثَ فِي أَمْرِنَا...

عَنْ أُمِّ الْمُؤْمِنِينَ أُمِّ عَبْدِ اللهِ، عَائِشَةَ  قَالَتْ: قَالَ رَسُولُ اللهِ ﷺ: «مَنْ أَحْدَثَ فِي أَمْرِنَا هَذَا مَا لَيْسَ مِنْهُ فَهُوَ رَدٌّ»

رَوَاهُ الْبُخَارِيُّ، وَمُسْلِمٌ.1

وَفِي رِوَايَةٍ لِمُسْلِمٍ: «مَنْ عَمِلَ عَمَلًا2 لَيْسَ عَلَيْهِ أَمْرُنَا فَهُوَ رَدٌّ».3


އުންމުލް މުއިމިނީނަ އުންމު ޢަބްދި ﷲ ޢާއިޝާ  ގެ އަރިހުން ރިވާވެގެން ވެއެވެ. އެކަމަނާ ވިދާޅުވިއެވެ. رَسُولُ اللهِ ﷺ ޙަދީޘްކުރެއްވިއެވެ. ”އަހަރެމެންގެ މި ދީނުގެ ތެރެއަށް އޭގެ ތެރެއިން ނުވާ ކަމެއް އަލަށް އުފައްދައިގެންފި މީހާ، (ދަންނާށެވެ،) ފަހެ އެކަމެއް ވަނީ ރައްދު­ކުރެވިގެންނެވެ.“

ރިވާކުރެއްވީ ބުޚާރީއާއި މުސްލިމް.

އަދި މުސްލިމްގެ [އެހެން] ރިވާޔަތެއްގައި ވެއެވެ: ”އަހަރެމެންގެ މި ދީނުގައި ނުވާ ގޮތަކަށް ޢަމަލެއް ކޮށްފި މީހާ، ދަންނާށެވެ، ފަހެ އެ ކަމެއް ވަނީ ރައްދުކުރެވިގެންނެވެ.“


  1. ބުޚާރީ (2697) މުސްލިމް (1718) ↩︎

  2. [ނޯޓު] (ޝައިޚް ޢައްބާދު، 1 ޛުލްޙިއްޖާ 1436) ފުރަތަމަ ރިވާޔަތުގައި ވަނީ ދީނުގެ ތެރެއަށް އައު ކަމެއް ގެނެސްގަންނަ މީހާގެ ވާހަކައެވެ. އެކަމަކު ދެވަނަ ރިވާޔަތުގައި ވަނީ، އެ އައު ކަން އެންމެ ފުރަތަމަ އުފެއްދީ ތިމާ ކަމުގައި ނުވިޔަސް، ތިމާ އެކަން ކުރީ އެހެން މީހަކާ ތަބާވެގެން ކަމުގައި ވިޔަސް އެ ޢަމަލެއް ބަލައެއް ނުގަނެވޭނެ ވާހަކައެވެ. ↩︎

  3. މުސްލިމް (1718) ↩︎