عَنْ ابْنِ عُمَرَ ، أَنَّ رَسُولَ اللهِ ﷺ قَالَ: «أُمِرْتُ أَنْ أُقَاتِلَ النَّاسَ حَتَّى يَشْهَدُوا أَن لَّا إلَهَ إلَّا اللهُ وَأَنَّ مُحَمَّدًا رَسُولُ اللهِ، وَيُقِيمُوا الصَّلَاةَ، وَيُؤْتُوا الزَّكَاةَ؛ فَإِذَا فَعَلُوا ذَلِكَ عَصَمُوا مِنِّي دِمَاءَهُمْ وَأَمْوَالَهُمْ إلَّا بِحَقِّ الْإِسْلَامِ، وَحِسَابُهُمْ عَلَى اللهِ تَعَالَى».
رَوَاهُ الْبُخَارِيُّ، وَمُسْلِمٌ
رَسُولُ اللهِ ﷺ ޙަދީޘްކުރެއްވި ކަމަށް އިބްނު ޢުމަރު ގެ އަރިހުން ރިވާވެގެން ވެއެވެ: ”މީސްތަކުން، ﷲ މެނުވީ ޙައްޤު އިލާހަކު ނުވާ ކަމަށާއި މުޙައްމަދުގެފާނީ އެ އިލާހުގެ ރަސޫލާ ކަމަށް ހެކިވެ، ނަމާދު ޤާއިމްކޮށް، ޒަކާތް ދީފުމަށްދާންދެން މީސްތަކުންނާ ހަނގުރާމަ ކުރުމަށް ތިމަންކަލޭގެފާނަށް ވަނީ އަމުރުވެވިގެންނެވެ. ފަހެ އެ މީހުން އެ ކަންކަން ކޮށްފިނަމަ އެ މީހުންގެ ލެޔާއި، އެ މީހުންގެ މުދާތައް ތިމަންކަލޭގެފާނުގެ ކިބައިން ރައްކާތެރި ކޮށްފިއެވެ. އިސްލާމްދީނުގެ ޙައްޤުގައި މެނުވީއެވެ. އަދި އެމީހުންގެ ޙިސާބުބެއްލެވުން ވަނީ اللهُ تَعَالَىٰ އަށެވެ.“